ވިދާޅުވީ ޒުވާނުންގެ ދުވަސް ފާހަގަކުރަމުންދާއިރު, 18 އަހަރު ފުރޭ ޒުވާނުންގެ ހައްގު ތައް މި ސަރުކާރުން ނިގުޅައިގަނެ ހަނިކުރަމުން ގެންދާތީ އެކަމާ ދެކޮޅަށް އެންމެހާ ޒުވާނުންވެސް މިއަދު އަޑުފުލަންޖެހޭ ކަމަށެވެ.
ޒުވާނުންގެ ހައްގުތައް މި ސަރުކާރުން ނިގުޅައިގަނެ ހަނިކުރަމުން ގެންދާ ކަމަށާ އެކަމާ ދެކޮޅަށް އެންމެހާ ޒުވާނުން ވެސް މިއަދު އަޑުފުލަންޖެހޭ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ފޮރިން މިނިސްޓަރު މިހެން ވިދާޅުވީ ޒުވާނުންގެ ދުވަހާއި ގުޅިގެން މިއަދު ކުރެއްވި ޕޯސްޓެއް ގަ އެވެ.
ޝާހިދު ވިދާޅުވީ 2008 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގައި އެމްޑީޕީ އިން އިސްނަގައި ވަކާލާތުކޮށް 18 އަހަރުން މަތީގެ ކޮންމެ މީހަކަށް އިންތިހާބުތަކުގައި ވޯޓު ދިނުމާއި އިންތިހާބުތަކު ގައި ވާދަކުރުމުގެ ހައްގު ލިބުނު ދުވަސް، ޒުވާނުންގެ ދުވަހުގެ ގޮތުގައި ރައީސް ސާލިހް ހަމަޖެއްސެވީ އެމްޑީޕީ އަކީ އަބަދުވެސް ޒުވާނުންގެ ހައްފު ތައް ކަށަވަރު ކުރުމުގައި ދެގޮތެއް ނުވެ ދެމި އޮންނަ ޕާޓީއަކަށް ވާތީ ކަމަށެވެ.
އަދި ވިދާޅުވީ ޒުވާނުންގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު, 18 އަހަރު ފުރޭ ޒުވާނުންގެ ހައްގު ތައް މި ސަރުކާރުން ނިގުޅައިގަނެ ހަނިކުރަމުން ގެންދާތީ އެކަމާ ދެކޮޅަށް އެންމެހާ ޒުވާނުންވެސް މިއަދު އަޑުފުލަންޖެހޭ ކަމަށެވެ. ނަމަވެސް އެކަންކަމުގެ ތަފްސީލަކަށް ވަޑައިނުގަންނަވަ އެވެ،
"ޒުވާނުންގެ ދުވަހު އެންމެހާ ދިވެހި ޒުވާނުން ވެސް އަޒުމު އާކުރަންވީ، ބުރަ މަސަތްކަތާއި ގުރުބާނީ އިން ހޯދި ހައްގުތައް ހިފެހެއްޓުމަށް،" ޒުވާނުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރާއްޖޭގެ ހުރިހާ ޒުވާނުންނަށް ފޮނުވާ ޝާހިދު ކުރެއްވި ޕޯސްޓް ގައި ވިދާޅުވި އެވެ.