ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމަށް މި ހުޅުވާލީ އެ ކޮމިޝަންގެ ރައީސާއި ނާއިބު ރައީސާއި އިތުރު ދެ މެންބަރަކު މަގާމުން ވަކިކުރުމާއި ގުޅިގެންނެވެ.
ޓެކްސް އެޕީލް ޓްރިބިއުނަލްއިން ހުސްވެފައިވާ މަގާމުތަކަށް ބޭފުޅުން އައްޔަންކުރުމަށް އެ މަގާމުތަކަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންފުޅުތައް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވަައިފި އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމަށް މި ހުޅުވާލީ އެ ކޮމިޝަންގެ ރައީސާއި ނާއިބު ރައީސާއި އިތުރު ދެ މެންބަރަކު މަގާމުން ވަކިކުރުމާއި ގުޅިގެންނެވެ. އެ މެންބަރުން ވަކިކުރެއްވީ ޓެކްސް އެޕީލް ޓައިބިއުނަލްގެ މެންބަރުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ގޮތަކަށް މައްސަލަ ނިންމައި، ކޮރަޕްޝަންގެ އަމަލުތައް ހިންގާކަން ފާހަގަވެފައިވާތީ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ނިންމުމުންނެވެ.
މިހާރު މަގާމުގައި ހުންނެވީ ޓްރައިބިއުނަލްގެ މެންބަރު އިސްމާއިލް ސާޖިދު އެކަންޏެވެ. މަގާމުން ވަކިކުރި މެންބަރުންގެ މައްސަލަތައް މަޖިލީހަށް ހުށައެޅީ ސާޖިދެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މެންބަރުކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވައިލުމުން އެ މަގާމަށް ކުރިމަތިލެއްވި ހުރިހާ ބޭފުޅުންގެ ލިސްޓެއް ރައީސްވަަނީ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ. އެ ލިސްޓުގައި ހިމެނޭ ބޭފުޅުންނަކީ:
މި ބޭފުޅުންގެ ނަންފުޅުތައް ދިރާސާކޮށް ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަންކުރާަނެ ހަތަރު ބޭފުޅެއް ކަނޑައެޅުމުގެ މައްސަލަ މިއަދު މަޖިލީހުގެ ރިޔާސަތުންވަނީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުއްވާފަ އެވެ.