އެ މުއްދަތުގެ ތެރޭގައި ފައިސާ ދެއްކުމަށް އުޒުރުވެރިވާ ފަރާތްތަކަށް އިތުރު ނޯޓިހެއް ދިނުމަށް ފަހު އެ ފަރާތްތަކުގެ މައުލޫމާތާއި އެ ފަރާތްތަކުން ދައްކަން ޖެހޭ ފައިސާގެ ތަފްސީލު ހާމަ ކުރަން ނިންމާފައިވާ ކަމަށެވެ.
ހުޅުމާލޭގެ ބެލެނިވެރިކަން އޮތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން -- އެޗްޑީސީއަށް ފައިސާ ނުދައްކާ ވިޔަފާރިތަކުގެ މައުލޫމާތާއި އެ ވިޔަފާރިތަކުން ދައްކަން ޖެހޭ ފައިސާގެ ތަފްސީލު ހާމަ ކުރަން ނިންމައިިިފި އެެވެ.
މިއީ އެޗްޑީސީގެ ހިންގުން ހަރުދަނާ ކުރުމަށް ހާއްސަ އިސްކަމެއް ދީގެން މިހާރު ކުރަމުންދާ މަަސައްކަތުގެ ތެރެއިން ނިންމި ނިންމުމެކެވެ. އެޗްޑީސީން މިއަދު ކުރި އިއުލާނެއް ގައި ބުނެފައި ވަނީ އެެ ކޯޕަރޭޝަނަށް އެކި ވިޔަފާރިތަކުން ދައްކަން ޖެހި ނުދައްކާ ހުރި ފައިސާ ހޯދުމަށްޓަކައި އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށެވެ.
އެ ގޮތުން އެ ކޯޕަރޭޝަނުން ވިޔަފާރި އުސޫލުން ދެމުން އަންނަ ހިދުމަތްތަކާއި ދޫކޮށްފައިވާ ތަންތަނާއި އަދި ތަރައްގީ ކުރަމުން އަންނަ ތަންތަނަށް ފައިސާ ދައްކަން ޖެހި ނުދައްކާ ހުރި ފަރާތްތަކުން މިއަދުން ފެށިގެން ނޮވެންބަރު 30 ވަނަ ދުވަހުގެ ނިޔަލަށް ފައިސާ ދައްކާ ހަލާސް ކުރުމަށް ވަނީ އަންގާފަ އެވެ.
އަދި އެ މުއްދަތުގެ ތެރޭގައި ފައިސާ ދެއްކުމަށް އުޒުރުވެރިވާ ފަރާތްތަކަށް އިތުރު ނޯޓިހެއް ދިނުމަށް ފަހު އެ ފަރާތްތަކުގެ މައުލޫމާތާއި އެ ފަރާތްތަކުން ދައްކަން ޖެހޭ ފައިސާގެ ތަފްސީލު ހާމަ ކުރަން ނިންމާފައިވާ ކަމަށެވެ.
އެޗްޑީސީގެ ހިންގުން ހަރުދަނާ ކުރުމަށް އާ މެނޭޖުމަންޓުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިދިޔަ ދުވަސްތަކުގައި މުހިންމު ގިނަ ފިޔަވަޅުތަކެއް އަޅާފައިވެ އެވެ. މީގެ ކުރީން އެ ކުންފުނީގެ ހިންގުން އޮތީ ވަރަށް ބޮޑަށް ބޮއްސުންލާފަ އެވެ. ހުޅުމާލޭގެ ޕްލޭނަށް ކުއްލި / ބޮޑެތި ބަދަލުތަކެއް ގެނައުމާއި އަގުބޮޑެތި ބިންތަކުން ގޯތިދިނުން ފަދަ އެތައް ކަމަކާއި ގުޅިގެން އެެޗްޑީސީ ވެފައިވަނީ ކުންފުނީގައި އޮތް ދަރަނީން ސަލާމަތް ވާން އުނދަގޫ ހާލަތަކަށް ވައްޓާފައިވާ ކުންފުންޏަކަށެވެ.
އެކަންކަމުން ސަލާމަތްވެ އެޗްޑީސީގެ ހިންގުން ހަރުދަނާ ކުރުމަށް އާ މެނޭޖުމަންޓުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.