ފަލަސްތީނަށް ފައިސާ ފޮނުވިކަން ކަށަވަރު ކުރަނީ

މީކާއީލް މި މައްސަލަ މަޖިލީހަށް ހުށައެޅިއިރު ޓެލެތޯނުން ލިބުނު ފައިސާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ) އާ ހަވާލުކޮށްފައިވާ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ.

މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރައްޔިތުންގެ މަޖިލީހުގައި --

"ފަލަސްތީނާ އެކު ދިވެހީން" ނަމުގައި ކުރިއަށް ގެންދިޔަ ޓެލަތޯނަށް ދިވެހީން ހަދިޔާކުރި ފައިސާ ފަލަސްތީން ރައްޔިތުންނަށް އެހީވާ ފަންޑާ ހަވާލުކުރިތޯ ޔަގީންކުރަން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރަން ހުށައަޅައިފި އެވެ.

އެ ގޮތަށް ހުށައެޅީ އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ.

"ފަލަސްތީނާ އެކު ދިވެހީން" ނަމުގައި ކުރިއަށް ގެންދިޔަ ޓެލަތޯނަށް ދިވެހީން ވަނީ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަދިޔާ ކޮށްފަ އެވެ. މީކާއީލް ހުށައެޅި ހުށައެޅުމުގައި ވަނީ އެ ފައިސާ ފަލަސްތީން ރައްޔިތުންނަށް އެހީވާ ފަންޑާ ހަވާލުކުރިތޯ ސާފު ކުރުމަށެވެ. އެ ފައިސާ އަދި ހަވާލު ނުކުރެވޭނަމަ އެކަން މިހާ ލަސްވީ ކީއްވެގެންކަން ސާފު ކުރުމަށެވެ.

މީގެ އިތުރުން މި ފައިސާ ދެން ހަވާލު ކުރެވޭނެ ތާރީހެއް ސާފުކޮށް ދިނުމަށް ވެސް ހުށައަޅާފައިވެ އެވެ.

މީކާއީލް މި މައްސަލަ މަޖިލީހަށް ހުށައެޅިއިރު ޓެލެތޯނުން ލިބުނު ފައިސާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ) އާ ހަވާލުކޮށްފައިވާ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ. އެ ފައިސާ ޖަމާކޮށްފައި ވަނީ އަންނަ އޮގަސްޓް މަހުގެ ތެރޭގައި ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.