އިޒްރޭލު ޕާސްޕޯޓު މަނާކުރާ އިސްލާހު ލަސްވާތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

"މަޖިލީހުން އަޅުގަނޑުމެންގެ ކުއްލި މައްސަލަ ބަލައި ނުގަތް ކަމުގަ ވިޔަސް އަޅުގަނޑުމެން އަދި ދެންވެސް މަޖިލީސް ތެރެއިން ކުރެވެން ހުރި މަސައްކަތްތައް ބަލައި، އެކަމާ ގުޅޭ މަސައްކަތްތައް އަޅުގަނޑުމެން ކުރާނެ ވާހަކަ ހިއްސާކޮށްލަން ބޭނުން،"

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް އިމިގުރޭޝަން ގާނޫނު އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމު ހުށަަހެޅުއްވި ބިލުގެ މަސައްކަތް ކުރިއަށްނުދާތީ މިއަދު ހުށަހެޅި ކުއްލި މައްސަލަ ރަޖިސްޓްރީ ނުކޮށްދީ، ބޭރުކޮށްލައިފި އެވެ.

މީކާއީލް ހުށަހަޅުއްވާފައި ވަނީ އިމިގްރޭޝަން ގާނޫނުގެ ދަށުން ރާއްޖެއަށް އެތެރެނުވެވޭ މީހުންގެ ލިސްޓަށް އިސްރާއީލު ޕާސްޕޯޓު ގެންގުޅޭ މީހުން ހިމެނުމަށެވެ. އެ އިސްލާހުގައި އިސްރާއީލު ޕާސްޕޯޓާއެކު އެހެން ގައުމެއްގެ ޕާސްޕޯޓު ބޭނުންކުރާ މީހުންނަށްވެސް ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް ގާނޫނުގައި ހިމެނުމުގައި ހުށަހަޅުއްވާފައިވެ އެވެ. 

މި ބިލު މަޖިލީހަށް ބަލައިގަނެ، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ. ނަމަވެސް އެފަހުން އެ ބިލުމުގެ މާ ބޮޑު މަސައްކަތެއް ކޮމިޓީގައި ކުރެވިފައެއް ނުވެ އެވެ. 

އެހެންވެ، އެކަމާ ގުޅިގެން ކުއްލި މައްސަލައެއް މިއަދު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. ނަމަވެސް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ ވަނީ ރަޖިސްޓްރީ ނުކޮށްދީ އެ މައްސަލަ ބޭރުކޮށްލާފަ އެވެ.

މައްސަލަ ރިޔާސަތުން ބޭރުކޮށްލީ ކުއްލި މައްސަލައެއްގައި ހުންނަން ޖެހޭ ޝަރުތުތައް ހަމަ ނުވާތީ ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ.

މިކަމާ ގުޅޭ ކަންބޮޑުވުން ހިއްސާ ކުރުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން މިއަދު ވަނީ ނޫސްވެރިންނާ ބައްދަލުކޮށްފަ އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ އިސްރާއީލު ޕާސްޕޯޓު މަނާ ނުކުރާތީ ހުރިހާ މެންބަރުންނަށް ފާޑުކިޔުން އަމާޒުވެފައިވާ ކަމަށެވެ. ނަމަވެސް އެމްޑީޕީން މަސައްކަތް ކުރަމުން ދަނީ އެކަން އަވަސް ކުރެވޭނެ ގޮތެއް ހޯދުމަށް ކަމަށެވެ.

"މަޖިލީހުން އަޅުގަނޑުމެންގެ ކުއްލި މައްސަލަ ބަލައި ނުގަތް ކަމުގަ ވިޔަސް އަޅުގަނޑުމެން އަދި ދެންވެސް މަޖިލީސް ތެރެއިން ކުރެވެން ހުރި މަސައްކަތްތައް ބަލައި، އެކަމާ ގުޅޭ މަސައްކަތްތައް އަޅުގަނޑުމެން ކުރާނެ ވާހަކަ ހިއްސާކޮށްލަން ބޭނުން،" ނާޒިލް ވިދާޅުވި އެވެ.

އެ ބިލުގެ މަސައްކަތް ކުރިއަށް ނުދާތީ މީގެ ކުރިން ވެސް އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މައްސަލަ އަވަސްކޮށްދިނުމަށް ކޮމެޓީގައި ވެސް ވަނީ އެދިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.