ހުޅުމާލެ ފަރަށް އެރި ޓަގާއި ބާޖު 29.2 މިލިއަނުން ޖޫރިމަނާ ކޮށްފި

ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ އެ އުޅަނދުތަކުގެ އޮޕަރޭޓަރުން ކަމަށްވާ ދި މިޑްލް އީސްޓް މެރިން އެލްއެލްސީއަށް ވަނީ މިމަހުގެ އެއްވަނަ ދުވަހު އަންގާފައިވާ ކަމަށް ވެސް އީޕީއޭ އިން ބުންޏެވެ.

ހުޅުމާލެ ފަރަށް ޓަގާއި ބާޖު އަރާފައި --

މިދިޔަ ފެބްރުއަރީ މަހު ހުޅުމާލެ ފަރަށް އެރި ބާޖަކާއި ޓަގު ބޯޓެއް އޮޕަރޭޓް ކުރާ ފްރާތް 29.2 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.

ޓަގު 'އަނާޑީ' އާއި ބާޖު 'އޭއެމް މަނުމިޓް' ހުޅުމާލޭގެ އުތުރުފަރާތު ފަރަށް އެރީ މި އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ. މި އުޅަނދުތައް ފަރުމަތިން ނަގާފައި ވަނީ މި އަހަރުގެ މިދިޔަ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު އެވެ.

އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ ފަރަށް ލިބުނު ގެއްލުންތައް ބެލުމުގެ ގޮތުން އެ އުޅަނދުތަކުގެ ވެރިފަރާތުން އައްޔަނުކޮށްފައިވާ ސާވެޔަރުންނާއެކު ޖޮއިންޓް ސާވޭއެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އުޅަނދުތައް ފަރަށް އުރުމުގެ ސަބަބުން އެ ސަރަހައްދަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށްޓަކައި ކުރިޔަށް ގެންދިޔަ ސާވޭއިން ދައްކާގޮތުގައި އެ ސަރަހައްދުގެ 1159 އަކަ މީޓަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް އެ އެޖެންސީން ބުންޏެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ގަވާއިދުގެ ދަށުން އެ ދެ ބޯޓު އޮޕަރޭޓް ކުރާ ފަރާތް ވަނީ ޖޫރިމަނާ ކޮށްފަ އެވެ. ޖޫރިމަނާގެ އަދަދަކީ 29,201,946 ރުފިޔާ އެވެ.

ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ އެ އުޅަނދުތަކުގެ އޮޕަރޭޓަރުން ކަމަށްވާ ދި މިޑްލް އީސްޓް މެރިން އެލްއެލްސީއަށް ވަނީ މިމަހުގެ އެއްވަނަ ދުވަހު އަންގާފައިވާ ކަމަށް ވެސް އީޕީއޭ އިން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.