ސްޓާލިންކުން ރާއްޖެ އަށް ވިއްކާ އިންޓަނެޓު ކިޓުގެ އަގު ހެޔޮކޮށްފި

އަގަށް ގެނައި ބަދަލާއެކު ޕެކޭޖުގެ އަގު ވަނީ 10،000 ރުފިޔާއިން 6،000ރ. އަށް ހެޔޮކޮށްފަ އެވެ.

ސްޕޭސް އެކްސް ކުންފުނިން އިންޓަނެޓްގެ ސްޓާލިންކުން ރާއްޖެ އަށް ވިއްކާ އިންޓަނެޓް ކިޓް ގެ އަގު 50 ޕަސެންޓް ހެޔޮކޮށް އަގު ތިރިކޮށްފި އެވެ. 

ސްޓާލިންކުން މިހާތަނަށް އިންޓަނެޓް ޕެކޭޖު ޕެކޭޖު ޝިޕިންއާއެކު ވިއްކުން ގޮސްފައިވަނީ 10،300ރ. އެވެ. ނަމަވެސް މިހާރު އަގު ވަނީ އަގު 5999 އަށް ތިރިކޮށްފަ އެވެ. މި ޕެކޭޖު އެ ކުންފުނިން ވިއްކަނީ އިންޓަނެޓު ހަރުކުރަން ބޭނުން ކުރާ ވޯލްމައުންޓާއި އެޑެޕްޓަރު އަދި ކޭބަލްސްވެސް ހިމަނައިގެންނެވެ. 

ސްޕޭސް އެކްސް އިންޓަނެޓު ހިދުމަތުގެ މަގުބޫލުކަން ދުނިޔޭގައި ބޮޑެވެ. މި ހިދުމަތް މިދިޔަ އަހަރުން ފެށިގެން ދަނީ ރާއްޖެއަށް ލިބެމުންނެވެ. މި އިންޓަނެޓު 200 އެމްބީޕީއެސްގެ ސްޕީޑްގައި ލިބެ އެވެ. އަދި ތިން ޕެކޭޖެއް މި ހިދުމަތުގައި ލިބެން ހުރެ އެވެ. އެގޮތުން ގޭގައި އިންޓަނެޓު ދޭން ދީފައިވާ އެންމެ ކުޑަ ރެސިޓެންސް ޕެކޭޖުގެ އަގަކީ މަހަކު 1,000ރ. އެވެ. އަދި ރޯމްއަލްލިމިޓެޑް 1,730ރ. އަށް ލިބޭއިރު މޮބައިޕް ޕްރިއޯރިޓީ 50 ޖީބީ ލިބޭ އަގަކީ 4,057ރ. އެވެ. އަދި މޮބައިލް ވަން ޓީބީގެ މަހު ފީއަކީ 16,228ރ. އެވެ. 

ސްޓާލިންކުގެ އިތުރުން ރާއްޖެއަށް މިވަގުތު އިންޓަނެޓުގެ ހިދުމަތް ލިބެނީ އުރީދޫ އާއި ދިރާގު އަދި ރާއްޖެ އޮންލައިންގެ އިންޓަނެޓުގެ ހިދުމަތެވެ. 

ސްޓާލިންކް - ސްޕޭސް އެކްސް އިން ސްޓާލިންކް އިންޓަނެޓްގެ ހިދުމަތް ދޭ އާއްމު ސްޕީޑަކީ ސިކުންތަކު 50-150 މެގަބިޓެވެ. އެކަމަކު ސިކުންތަކު 300 މެގަބިޓް ސްޕީޑްގައިވެސް މި ހިދުމަތް ލިބެ އެވެ. އިންޓަނެޓުގެ މި ހިދުމަތް ދެނީ 1،700 އަށް ވުރެ ގިނަ ސެޓެލައިޓް ދުނިޔޭގެ ތިރީ އޯބިޓަށް ފޮނުވައިގެންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.