ރާއްޖޭގެ ސީ ޓު އެއާ ކާގޯ ހަ ގައުމަކަށް | 700 ޓަނަށްވުރެ ގިނަ މުދާ

ކަނޑުމަގުން އަންނަ ކާގޯ ވައިގެ މަގުން ރާއްޖޭން ބޭރު ކުރަނީ ވީއައިއޭއިން ނެވެ. މި މުދާ ގެންދަނީ ޔޫރަޕުގެ ގައުމުތަކަށެވެ.

ސީ ޓު އެއާ ކާގޯ ޝިޕްމަންޓެއް ބޭރު ކުރަން ވީއައިއޭއަށް ގެންގޮސްފަ

ކަނޑުގެ މަގުން ގެންނަ މުދާ ވައިގެ މަގުން ބޭރު ކުރުމުގެ ވިޔަފާރި ސީޓު އެއާ ކާގޯގެ ހިދުމަތް ފުޅާވެ ބޭރުކުރި މުދަލުގެ އަދަދު 700 ޓަނަށްވުރެ މަތިވެއްްޖެ އެވެ. 

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އިސް ނެގުމަކަށް ފެށި މި ވިޔަފާރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް 700 ޓަނަށްވުރެ ގިނަ ކާގޯ އައި 147 ޓީޔޫއެސްގެ މުދާ ވަނީ ބޭރުކޮށްފަ އެވެ. އަދި މިހާރު ދުނިޔޭގެ އަށް އެއާލައިންއަކުން ދަނީ ރާއްޖެއިން ދަނީ މުދާ އުފުލަމުންނެވެ.  

ރާއްޖޭން މުދާ ބޭރު ކުރާ ގައުމުތައް

  • އިޓަލީ
  • ޖަރުމަނު
  • އެމެރިކާ
  • އިނގިރޭސިވިލާތް
  • ސްޕެއިން
  • ރަޝިއާ

ސީ ޓު އެއާގެ ގޮތުގައި ރާއްޖެއަށް އަންނަ މުދަލަކީ ދުނިޔޭގެ ބޮޑެތި ބްރޭންޑްތަކުގެ އަންނައުނެވެ. މިއީ ބޮޑެތި ފެކްޓްރީތަކުން އުފައްދާ މުދަލެވެ. 

ސީ ޓު އެއާ ކާގޯ ހިނގާ ގޮތް

މި ވިޔަފާރި ރާއްޖޭގައި މިހާތަނަށް ކުރީ ވަރަށް ކުޑަކޮށެވެ. ސަބަބަކީ މި ވިޔަފާރި ކުރަން ސަރުކާރުގެ ގިނަ ކުންފުނިތަކާއި ވުޒާރާތައް ގުޅިގެން މަސައްކަތް ކުރަން ޖެހުނުނަމަވެސް އެކަން ނުވެ އޮތުމެވެ. މި ވިޔަފާރި ފަށަން ވާހަކަ ދެއްކިނަމަވެސް މިކަން ނުފެށި އޮއްވައި މިކަން ފަށާފައިވަނީ މި ސަރުކާރު އައިފަހުންނެވެ. މި ވިޔަފާރި ހިނގާ ގޮތަކީ ރާއްޖެ އަށް ކަނޑުމަގުން މުދާ އައުމުން ކޮންޓެއިނާ ހުރި ގޮތަށް ނުވަތަ އޭގައި ހުރި މުދާ ވަކިކޮށްގެން އެމްޕީއެލްގެ އެހީތެރިކަމާއެކު ވީއައިއޭ އަށް ގެންގޮސް އޭގެ މަންޒިލަށް ފޮނުވުމެވެ. މި މަސައްކަތުގައި ކަސްޓަމަސް އާއި އިމިގްރޭޝަން އަދި އެމްއޭސީއެލް އެއްކޮށް މަސައްކަތް ކުރެ އެވެ. ކަނޑުމަގުން ރާއްޖެ ގެންނަނީ ދުނިޔޭގެ ބޮޑެތި ފެކްޓްރީތަކުގެ މުދާ ޔޫރަޕަށް ގެންދަން ހުންނަ މުދަލެވެ. މި މުދަލަކީ ކަނޑުމަގުން ގެންދިއުން ލަސްވުމުގެ ސަބަބުން ލަސްވާ މުދަލެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.