ޖަބާލިޔާގައި 21 އަންހެނުން ހިމެނޭހެން 33 އާންމުން އިސްރާއީލުން ގަތުލުކޮށްފި

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އުދުވާނީ ހަނގުރާމައަށް 379 ދުވަސް ވެފައިވާއިރު، މިހާތަނަށް ޣައްޒާގަައި 42،500 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވެ އެވެ. އަދި 100،000 އަށްވުރެ ގިނަ މީހުންނަށް އެކި މިންވަރުގެ ޒަހަމްތައް ލިބިފައިވެއެވެ

އުތުރު ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އުދުވާނަށް މިއަދު 14 ދުވަސް ވެފައިވާއިރު މި އުދުވާނުގައި ގިނަ އަދަދެއްގެ އާންމުން ދަނީ މަރުވަމުން، ފޮޓޯ: އޭއޭ

އިސްރާއީލުން ޣައްޒާގެ އުތުރުގައި އޮންނަ ރެފިއުޖީ ކޭމްޕެއް ކަމުގައިވާ ޖަބާލިޔާއަށް ދިން ހަމަލާތަކުގައި 21 އަންހެނުން ހިމެނޭހެން ޖުމްލަ 33 އާންމުން މަރާލައިފި އެވެ. 

ޖަބާލިޔާގެ ގެދޮރަށް އަމާޒުކޮށް ދިން މި ހަމަލާތކުގައި 85 އަށްވުރެ ގިނަ އާންމުންނަށް އެކި މިންވަރުގެ ޒަހަމްތައް ލިބިފައިވެ އެވެ. މި ހަމަލާގައި ގަތުލުކޮށްލާފައިވާ އާަންމުންގެ ތެރޭގައި 21 އަންހެނުންގެ އިތުރަށް ގިނަ އަދަދަކަށް ކުޑަކުދިންވެސް ހިމެނޭކަމަށް ފަލސްތީނުގެ އިދާރާތަކުން ރިޕޯޓުކޮށްފައިވެ އެވެ. 

އަލްއަވްދާ ހޮސްޕިޓަލުގެ ޑިރެކްޓާ މުހައްމަދު ސަލްހާ އަނާޟޯލު އެޖެންސީއަށް މައުލޫމާތު ދެއްވި ގޮތުގައި އިސްރާއީލުން މި ހަމަލާ ދީފައިވަނީ ޖަބާލިއާގެ އިރުމަތީގައި އޮންނަ ތެލްއައްޒާތަރް ކިޔާ ސަރަހައްދެއްގެ ގެދޮރަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި މި ހަމަލާގައި ސުންނާފަތިވި ގެދޮރުގެ ދަށުވެފައި އަދިވެސް ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުން އެބަތިއްބެވެ. އަދި އިސްރާއީލު އަސްކަރިއްޔާއިން ބެލުމެއް ތަފާތުކުރުމެއް ނެތި ދެމުންދާ ހަމަލާތަކުގެ ސަބަބުން އެމީހުންނަށް އެހީތެރިވުމަށް އެމްބިއުލާންސްތަކަށް އެމީހުންނާ ހަމައަށް ވާސިލުނުވެވޭ ކަމަށްވެސް ސަލްހާ ވިދާޅުވި އެވެ. 

ޣައްޒާގެ އިދާރާތަކުން ބުނެފައިވަނީ މި ހަމަލާތަކުގައި 21 އަންހެނުން ޝަހީދުކޮށްލާފައިވާ ކަމަށެވެ. އަދި މިވަގުތު ޣައްޒާގެ ސިއްހީ ހިދުމަތްތައް އެއްކޮށް ފުނޑިފައިވާތީ ކުރިއަށް އޮތް ތަނުގައި މި ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށްވެސް އެ އިދާރާތަކުން ލަފާކުރެ އެވެ. 

ޖަބާލިޔާ ހިމެނޭހެން އުުތުރު ޣައްޒާ އޮތީ އިސްރާއީލުން ވަރަށް ބޮޑަށް ހިސޯރުކޮށް ބަންދުކޮށްފަ އެވެ. އަދި އެ ސަރަހައްދުގެ ގެދޮރަށާއި އިމާރާތްތަކަށް އަމާޒުކޮށް އިސްރާއީލުން ދަނީ ހުއްޓުމެއް ނެތި ބޮން އަޅަމުންނެވެ. 

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އުދުވާނީ ހަނގުރާމައަށް 379 ދުވަސް ވެފައިވާއިރު، މިހާތަނަށް ޣައްޒާގަައި 42،500 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވެ އެވެ. އަދި 100،000 އަށްވުރެ ގިނަ މީހުންނަށް އެކި މިންވަރުގެ ޒަހަމްތައް ލިބިފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.