ޖުވާއިން ދަރިން ސަލާމަތްކުރަން ބެލެނިވެރިން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ: ހުތުބާ

"ޖުވާގެ ޝިކާރައަކަށް ހަރުމީހުންނާއި، ޒުވާނުންނާއި، ކިޔަވާކުދިން ވެގެންދާކަމީ ނުހަނު ހިތާމަވެރި ކަމެއް. މިކަންކަމުން ދަރީން ސަލާމަތްކުރުމަށްޓަކައި ބެލެނިވެރިން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ،" ހުތުބާގައި ބުނެފައިވެ އެވެ.

ހުކުރު ނަމާދުގެ ޖަމާއަތެއްގެ ތެރެއިން، ފޮޓޯ: މިހާރު

ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ޖުވާކުޅުން ވަރަށް ބޮޑަށް އާންމުވެފައިވާ މިދުވަސްވަރު ޖުވާގެ ނުބައި އާފާތުން ދަރިން ސަލާމަތްކުރުމަށް ބެލެނިވެރިން ހާއްސަ ސަމާލުކަމެއް ދިނުމަށް މިއަދުގެ ހުކުރު ހުތުބާގައި އިލްތިމާސްކޮށްފި އެވެ. 

ހުތުބާގައި ފާހަގަކޮށްފައިވަނީ މިހާރަކަށް އައިސް ޒަމާނީ ވަސީލަތްތއް މެދުވެރިކޮށް ޖުވާކުޅުން އާންމުވަމުންދާ ކަމަށެވެ. އެގޮތުން ޖުވާކުޅޭ ވެބްސައިޓުތަކާއި ގޭމުތަކާއި އެޕުތައް ތައާރަފުވަމުންދާކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ އެކަމުގެ ސަބަބުން ޖުވާގެ ޝިކާރައަކަށް ހަރުމީހުންނާއި ޒުވާނުންނާއި ކިޔަވާ އުމުރުގެ ކުދިން ވެގެންދާ ކަމަށެވެ. 

"މިވަބާގެ ޝިކާރައަކަށް ހަރުމީހުންނާއި، ޒުވާނުންނާއި، ކިޔަވާކުދިން ވެގެންދާކަމީ ނުހަނު ހިތާމަވެރި ކަމެއް. މިކަންކަމުން ދަރީން ސަލާމަތްކުރުމަށްޓަކައި ބެލެނިވެރިން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ،" ހުތުބާގައި ބުނެފައިވެ އެވެ. 

މާތްﷲ ޖުވާކުޅުން ހަރާންކުރެއްވީ އެކަމުގައި އެކުލެވޭ ގެއްލުމާއި ފަސާދައިގެ ބޮޑުކަމުންކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ އެކަމުގެ ސަބަބުން ޖުވާކުޅޭ ދޭދޭ މީޙުންގެ މެދުގައި އަރައިރުމާއި މާރާމާރީތައް ހިނގާ ކަމަށެވެ. އދި އެކަމުގެ އަވައިގައި ޖެހި މާތްގެ މަތިން ހަނދާންނެތި ނަމާދު އަޅައި ހައްގުތަކާއި ވާޖިބުތައް މީހުން ދޫކޮށްލާ ކަމށެވެ. 

އަދި ޖުވާކުޅުމުގެ ސަބަބުން އަތްމަތި ދަތިވެ ފަގީރުކަމަށް ހުށަހެޅޭކަން ފާހަގަކުރުމާއެކު ހުތުބާގައި ބަޔާންކޮށްފައިވަނީ ޖުވާއަކީ އަވަހަށް ފަސޭހައިން މުއްސަނދިވުމަށް މީހުން ކުރާ ކަމެއް ކަމަށާއި، ޖުވާކުޅުން ދައުވަތުދެނީ ކަންނެތް ކަމަށް ކަމަށެވެ. އަދި ދީނުގައި އަޮންނަ ހެޔޮ ގޮތަކީ ހަލާލު މަސައްކަތުން ފައިސާ ހޯދައިގެން ލިބޭ މިންވަރުން ފުއްދައިގެން ދިރިއުޅުން ކަމަށެވެ. 

ޖުވާ ކުޅުމުގެ ސަބަބުން މީހުން ރިޝްވަތުނެގުމާއި، ދޮގުހެދުމާއި، ވައްކަންކުރުމާއި، މަސްތުވާތަކެތީގެ އަޅަކަށްވާ ކަމަށާއި، ޖުވާއަކީ މާތްﷲ ހަރާމްކުރައްވާފައިވާ އެހެނިހެން ބޮޑެތި މުންކަރާތްތަކަށް މަަގުފަހިކުރާ ކަމެއް ކަމުގައި ހުތުބާގައި ބަޔާންކުރި އެވެ. 

އަދި ބެޓުކުރުން ނުވަތަ ބާޖުމެރުމަކީވެސް ޖުވާގެ ބާވަތެއްކަން ހުތުބާގައި ފާހގަކުރި އެވެ. އަދި ޖުވާގެ ނަން ބޭނުންނުކޮށް ރީތި ނަންނަމުގައި ފަތުރަމުންދަނީ އިބިލީހުގެ އަނދަވަޅުތަކެއް ކަމަށާއި، އޭގެ ބޭނުމަކީ ދީނީ ޝިއާރުތަކުން މުސްލިމުން ދުރުހެލިކޮށް، ޝައިތާނާގެ އެކުވެރިންނަށް ހެދުން ކަމަށްވެސް ހުތުބާގައި ބުނެފައިވެ އެވެ. 

އަނބިދަރިންނަށް ކާންދޭ ތަކެއްޗާއި ހޯދާ މުދަލަކީ ހަލާލު ގޮތުގައި ހޯދާ ރިޒްގުކަމުގައި ހެދުމަށް ހުތުބާގައި އިލްތިމާސްކުރި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.