އެކަމަނާ ވަނީ ކެންސަރު ބަލި، ހާއްސަ ކޮށް އުރަމަތީގެ ކެންސަރު ބައްޔާ ގުޅުން ހުރި ގޮންޖެހުންތައް ގިރާކުރުމަށް ހަލުއި ފިޔަވަޅުތަކެއް އެޅުމަށް އިލްތިމާސް ކުރައްވާފަ އެވެ.
ންސަރު ބަލީގެ މީހުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އިލްތިމާސް ކުރައްވައިފި އެވެ.
އެކަމަނާ މިކަމަށް އިލްތިމާސް ކުރެއްވީ އުރަމަތީގެ ކެންސަރު އަވަހަށް ދެނެގަތުމަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރާ ގައުމީ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ "އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމުގެ ފަސް ވަނަ އަހަރީ މަހާސިންތާ" އިފްތިތާހު ކުރުމަށް ހޮޓެލް ޖެންގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތު ގައި، ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅު ގައި އުރަމަތީގެ ކެންސަރު ބަލީގެ ކޭސްތައް މަދު ކުރުމަށްޓަކައި، ބަލި ހުރިކަން އަވަހަށް ދެނެގަތުމަށާއި ފަރުވާގެ ދާއިރާ ފުޅާ ކުރުމަށް ބާރުއެޅުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭކަން ފާޙަގަ ކުރެއްވި އެވެ. އެކަމަނާ ވަނީ އުމުރުން 40 އަހަރުން މަތީގެ އަންހެނުން، ގަވާއިދުން މެމޯގްރާމް ހެދުމަށާ ބަލީގެ އަލާމާތެއް ހުރިތޯ އަމިއްލައަށް ބަލަން ޖެ ހޭކަންކަން ބަލަމުން ދިއުމަށް / ސެލްފް އެގްޒަމިނޭޝަން ހެދުމަށް އިލްތިމާސް ކުރައްވާފަ އެވެ.
ރާއްޖޭގެ ވަރަށް ގިނަ ރީޖަނަލް ހޮސްޕިޓަލް ތަކުގައި ކީމޯތެރަޕީ ލިބެން ހުރި ކަމީ ފަރުވާގެ ފުރުސަތު އިތުރުކުރުމުގެ ދާއިރާއިން ހޯދުނު ފާހަގަ ކޮށްލެވޭ ކާމިޔާބީއެއް ކަމުގައި ސާޖިދާ ވިދާޅުވި އެވެ. އަދި އުރަމަތީގެ ކެންސަރުން ރައްކާތެރިވެފައިވާ މުޖުތަމައެއް ބިނާ ކުރުމަށް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތްތަކާއި އުރަމަތީގެ ކެންސަރު ބައްޔާ ގުޅިގެން ޒަމާނުއްސުރެ ފެތުރިފައި އޮންނަ ތޯތޯ، ބޯދާ ގަބޫލުކުރުންތައް ނައްތާލާ ހެކީގެ މައްޗަށް ބިނާ ކުރެވިފައި އޮންނަ މައުލޫމާތު ފޯރުކޮށްދިނުމަށް ކެންސާ ސޮސައިޓީން ކުރަމުންދާ މަސައްކަތަށް އެކަމަނާ ވަނީ ތައުރީފް ކުރައްވާފަ އެވެ.
ކެންސަރުން ރައްކާތެރިވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި އެކަމަނާ ވަނީ ކެންސަރު ކޮންޓްރޯލް ކުރުމުގެ ގައުމީ ޕްލޭން 2022-2026 އާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. ވިދާޅުވީ ކެންސަރު ބަލީގެ މީހުންނަށް ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށްޓަކައި އެންމެ ޒަމާނީ ކެންސަރު ހޮސްޕިޓަލެއް ތަރައްގީ ކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެކަމަނާ ވަނީ ކެންސަރު ބަލި، ހާއްސަ ކޮށް އުރަމަތީގެ ކެންސަރު ބައްޔާ ގުޅުން ހުރި ގޮންޖެހުންތައް ގިރާކުރުމަށް ހަލުއި ފިޔަވަޅުތަކެއް އެޅުމަށް އިލްތިމާސް ކުރައްވާފަ އެވެ. އަދި ލީގެ މީހުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބާރުލުން ދެއްވުމަށް ގޮވާލެއްވި އެވެ.