މިނިސްޓްރީން ވަނީ ގުރުއާން ކުލާސް ހިންގުމުގެ ގިނަ ބަޔަކަށް ދީފަ އެވެ.
މިހާތަނަށް ރާއްޖޭގެ 29 މިސްކިތެއް ހިމެނޭހެން 40 ތަނެއް ގައި ހިލޭ ގުރުއާން ކްލާސްތައް ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސް ގައި ވިދާޅުވީ ގުރުއާން އުނގަންނައިދިނުމަށް މިސްކިތްތަކު ގައި ގުރުއާން ކްލާސްތައް ފެށިގެން ދިއުމުން މިސްކިތްތަކަށް ދިރުން ލިބިގެން ދާނެ ކަމެއް ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ބެހޭ މިސްކިތު ގާރީ ކުލާސްތައް ރާއްޖޭގެ 29 ރަށެއްގެ މިސްކިތްތަކުގައި މިހާރު ވަނީ ފަށާފައެވެ. އަދި ޖުމްލަ 40 ވަރަކަށް ތަނުގައި ކުލާސްތައް ހިންގަ އެވެ.
އެގޮތުން އެކި އުމުރުފުރާތަކުގެ ކުދިން ކުލާސްތަކުގައި ބައިވެރިވެ ގުރުއާން އުނގެނެމުންދާ ކަމަށާއި މި ކުލާސްތަކުގައި ކިޔަވައިދެއް ވަނީ މިސްކިތްތަކުގެ އިމާމުން ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ. މި ކްލާސް ތަކަކީ ދަރިވަރުންގެ އަތުން އެއްވެސް ފީއެއް ނެގުމެއް ނެތި ކުރިއަށް ގެންދާ ކްލާސް ތަކެކެވެ.
އިސްލާމީ މިނިސްޓްރީން ވަނީ މިސްކިތްތަކުގައި ގުރުއާން ކުލާސް ހިންގުމުގެ ހުއްދަ 32 ފަރާތަކަށް ދީފަ އެވެ. އޭގެތެރޭގައި 23 ރަށަކާއި ތިން ޖަމިއްޔާ ހިމެނެ އެވެ. މީގެ އިތުރުން މާލެ ސަރަހައްދުގެ ފަސް މިސްކިތެއް ވެސް ކުލާސްތައް ހިންގަން ހުއްދަ ދީފައިވެ އެވެ.