ބަންދު އަމުރުގައިވާ ގޮތުން އެ ކޮޓަރީގައި އަލިފާން ރޯކޮށްލީ ޑިޒައިނެއް ހަދަން ކަމަށެވެ. އަދި ސީނަށް ދިޔަ ފުލުހުން ކައިރީގައި ވެސް އޭނާ ހަމަ މިގޮތަށް ބުނެފައިވާ ކަމަށްވެސް އަމުރުގައިވެއެވެ.
ގަސްދުގައި އަލިފާން ރޯކޮށްލި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މއ. އުއިވަށާގެ، ޔައީޝް އަހުމަދުއެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ވަނީ ފަސް ދުވަސް ދީފައެވެ.
ބަންދު އަމުރުގައިވާ ގޮތުން އެ ކޮޓަރީގައި އަލިފާން ރޯކޮށްލީ ޑިޒައިނެއް ހަދަން ކަމަށެވެ. އަދި ސީނަށް ދިޔަ ފުލުހުން ކައިރީގައި ވެސް އޭނާ ހަމަ މިގޮތަށް ބުނެފައިވާ ކަމަށްވެސް އަމުރުގައިވެއެވެ.
އަމުރުގައިވާ ގޮތުން ފުލުހުން މި ހާދިސާގެ ސީނަށް ދިޔަ އިރު ފާރުގައި ހުރި ކަރުދާސްތަކެއްގައި އޭނާ ވަނީ ރޯ ކޮށްލާފައެވެ. އަދި ފުުހުން ގޮސް އަލިފާން ނިއްވާލި ކަމަށްވެސް އަމުރުގައިވެއެވެ.
އޭނާ އަކީ ބަންދާއި ކުށުގެ ރެކޯޑު އޮތް މީހެއް ކަމަށާއި އެހެން ކަމުން އޭނާ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތައް ނުރައްކާވާނެ ކަމަށް ކުރިމިނަލް ކޯޓުން ވނީ ކަނޑައަޅާފައެވެ.