އެމްއެމްޕީއާރުސީގެ ޑޭޓާ ކޮންފަރެންސް | ޓޫރިޒަމް މުސްތަގުބަލަށް މުހިންމު ފިޔަވަޅެއް

މި ފޯރަމްގައި ތަފާސް ހިސާބުގެ ދާއިރާއިން ދުނިޔޭގެ މަޝްހޫރު އެތައް ބަޔަކު ބައިވެރިވެފައިވެ އެވެ. އަދި އެ ފަރާތްތަކުން ގިނަ މައުލޫމާތުތަކެއް ހިއްސާ ކުރި އެވެ.

ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވާހަކަ ދައްކަވަނީ

ފަތުރުވެރިކަމުގެ ދާއިރާގައި ޑޭޓާ އާއި އިންޓެލިޖެންސް ކުރިއެރުވުމުގެ މަގުސަދުގައި ބޭރުގެ މާހިރުންނާއެކު ރާއްޖޭގައި ބޭއްވި ޑާޓާ ކޮންފަރެންސުގެ ސަބަބުން ޓޫރިޒަމް މުސްތަގުބަލަށް ގިނަ ފައިދާ ތަކެއް ކުރާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެފި އެވެ. 

އެމްއެމްޕީއާރުސީއިން އިއްޔެ ކުރިއަށް ގެންދިޔަ ޑެސްޓިނޭޝަން އެޑްވާންސްމަންޓް ތްރޫ އެނަލިޓިކްސްގެ ނަމުގައި ކުރިއަށް ގެންދިޔަ މި ފޯރަމްގައި ދުނިޔޭގެ ކުރިއަރަމުން އަންނަ މާކެޓްތަކުގައި އޮންލައިން ފަތުރުވެރިކަން ކުރިއެރުވުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިންގާ ޕްރޮގްރާމެއް ކަމަށްވާ އީ-ޓޫރިޒަމް ފްރޮންޓިއާސް އާއި ގުޅިގެން އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ފޯރަމްގައި ބައިވެރިވެ އެވެ. އެގޮތުން މި ފޯރަމްގައި ދުނިޔޭގެ ފަތުރުވެރިކަމުގެ ޑޭޓާ ދާއިރާގެ މުހިންމު ފަރާތްތައް އެއްތަނަކަށް ޖަމާކޮށް، ކޮންޒިއުމާ އެންގޭޖްމަންޓް ޑެސްޓިނޭޝަން މެނޭޖްމަންޓް އަދި ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާގައި އޮޕަރޭޝަނަލް އިފެކްޓިވްކަން އިތުރުކުރުމަށް ބޭނުންވާ މަޢުލޫމާތު ހިއްސާކޮށްފައިވެ އެވެ. 

މި ފޯރަމްއާ ބެހޭ ގޮތުން އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވީ ޓްރެވަލް އިންޑަސްޓްރީ ހަލުވިކަމާއެކު ކުރިއަރަމުން އަންނައިރު، ޑޭޓާގެ ބޭނުން ހަރުދަނާ ގޮތުގައި ހިފުމުގެ ގާބިލުކަން މިވަނީ ވިޔަފާރިތަކަށް ބޭނުންތެރިކަން ބޮޑުވެފައިވާ ކަމަށެވެ. އަދި މި ފޯރަމަކީ ފަތުރުވެރިކަމުގެ ވިޔަފާރިތަކާއި ޕްރޮޕަޓީތަކާއި ޕްރޮފެޝަނަލުންނާއި ކޮންސިއުމާ އެންގޭޖްމަންޓާއި މެނޭޖްމަންޓް ހަރުދަނާ ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ޙިޔާލުތައް ހޯދައިދިނުމަށް ހާއްސަ ފޯރަމެއް ކަމަށް ޝިއުރީ ވިދާޅުވި އެވެ.

މި އިވެންޓުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމްގެ ތަފާސް ހިސާބު އެއްކުރުމުގެ މުސްތަޤުބަލު އުޖާލާވެ، މި ދާއިރާ ކުރިއެރުވުމުގައި ޑޭޓާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ބޭނުންވާ އިލްމާއި ވަސީލަތްތައް ހޯދުން ފަސޭހަ ވެގެންދާނެ އެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިއެރުމަށްޓަކައި ޑޭޓާގެ ބޭނުންހިފުމަށް ބިންގާއެއް އެޅިގެންދިޔައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.