ޗައިނާ ޓޫރިސްޓުންގެ އަދަދު 230،000 އަށްވުރެ މައްޗަށް

ކޮވިޑް-19 އަށްފަހު އަލުން ރާއްޖެއަށް ޗައިނާ މާކެޓު ހުޅުވުނީ 18، ޖެނުއަރީ 2023 ގަ އެވެ. މިހާރު އެ ގައުމުން އަންނަ ޓޫރިސްޓުންގެ ނަމްބަރު އޮތީ އެއް ވަނަގަ އެވެ.

ރާއްޖެ އައި ޗައިނާ ޓޫރިސްޓުންނަށް މަރުހަބާ ކިޔަނީ -- މ

ރާއްޖެއަށް މި އަހަރު ޒިޔާރަތް ކުރި ޗައިނާ ޓޫރިސްޓުންގެ އަދަދު ބޮޑުތަނުން އިތުރުވެ 230،000 އަށްވުރެ މައްޗަށް އުފުލިއްޖެ އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ޗައިނާ އިން 232,858 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި އެ ގައުމު މިހާރު ވަނީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުގެ ގޮތުގަ އެވެ. 

މިދިޔަ އަހަރު ތިން ވަނާގައި އޮތް ޗައިނާ އިން މިހާރު ދަނީ ރާއްޖޭގެ ޓޫރިޒަމްގެ 15 ޕަސެންޓް ހިއްސާ ކުރަމުންނެވެ. 

ޗައިނާ އިން މިހާރު ވެސް ތިން އެއާލައިނެއް ރާއްޖެ އަށް އުދުހެމުންދާއިރު އެ ގައުމުވެފައިވަނީ ރާއްޖޭގެ ޓޫރިޒަމަށް މިވަގުތު އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުގެ ގޮތުގަ އެވެ.

ރާއްޖެ އަށް ޗައިނާ މާކެޓު ރަނގަޅުވެފައިވަނީ ކޮވިޑް-19 އަށް ބަންދު ކުރުމަށްފަހު ހުޅުވާލި ވަގުތު ރާއްޖޭން އެކަމަށް ގިނަ މަސައްކަތް ތަކެއް ކުރުމުންނެވެ. ކޮވިޑް-19 އަށްފަހު ޗައިނާއިން ޓޫރިސްޓުން އަންނަން ފެށީ 18، ޖެނުއަރީ 2023 ގަ އެވެ. މި ސަރުކާރު އައިސް ވަނީ ޗައިނާއާއެކު އޮތް ގުޅުން ވަރުގަދަކޮށް ޗައިނާގައި މާކެޓު ކުރަން ގިނަ މަސައްކަތް ތަކެއް ފަށާފަ އެވެ. ޗައިނާގެ އެންމެ ބޮޑު އޮންލައިން ކޮމާސް ޕްލެޓްފޯމް އަލީބާބާގެ ޓްރެވަލް ކުންފުންޏާއެކު ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ޗައިނާގެ ފައިސާ އިން އެ ގައުމުގެ ޓޫރިސްޓުންނަށް ރާއްޖޭގައި ފައިސާ ދެއްކޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފަ އެވެ. 

ޗައިނާ ޓޫރިސްޓުން - ރާއްޖޭގެ ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި ޗައިނާ ޓޫރިސްޓުންގެ އަދަދު އިތުރުވާން ފަށާފައިވަނީ 2007 ވަނަ އަހަރުން ފެށިގެންނެވެ. މިހާތަނަށް އެއް އަހަރެއްގެ މައްޗަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ. އެ އަހަރު ރާއްޖެ އަށް ޗައިނާއިން 306,530 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. މި އަދަދަށް ޓޫރިސްޓުން އިތުރުވި މައިގަނޑު ސަބަބަކީ ދިވެހި ދެ އެއާލައިންއަކުން ޗައިނާ އަށް ޑައިރެކްޓް ފްލައިޓް ބޭއްވުމެވެ. ރާއްޖޭގައި އޭރު އޮޕަރޭޓް ކުރި މެގަމޯލްޑިވްސް އާއި ގައުމީ އެއާލައިންއިން ޗައިނާގެ ގިނަ މަންޒިލްތަކަކަށް ދަތުރު ކުރަމުން ދިޔަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.