ނަވާރަ އަހަރު ފަހުން އީސީ ޕޯޓް ކޮމްޕްލްކްސް އިން ނިކުންނަނީ، އާ ތަނެއް ހޯދަން ފަށައިފި

ކޮމިޝަން މިހާރު ހިންގާ ޕޯޓް ކޮމްޕްލެކްސް އިމާރާތު ގައި އީސީ ހިންގާތާ 19 އަހަރު ވެއްޖެ އެވެ. ކޮމިޝަނުން ބުނީ އެ އިމާރާތް ކުއްޔަށް ނަގާފައިވާ މުއްދަތު ހަމަވާން ކައިރިވެފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު

އިލެކްޝަންސް ކޮމިޝަން ހިންގާނެ އިމާރާތެއް ހޯދަން އިއުލާނު ކޮށްފި އެވެ.

އީސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ކޮމިޝަން ހިންގާނެ އިމާރާތެއް 10 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

އެކަމަށް ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށް ވެސް ބުންޏެވެ. ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު ކޮމިޝަން މިހާރު ހިންގާ ޕޯޓް ކޮމްޕްލެކްސް ފަސް ވަނަ ފަންގިފިލާގައި ކަމަށާ ގަޑިޖެހުމަށް ފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމަށް ކޮމިޝަނުން ބުންޏެވެ.

ބީލަންތައް ހުންނަން ވާނީ ސިޓީ އުރައެއްގައި ބަންދު ކުރެވިފައެވެ.

ކޮމިޝަން މިހާރު ހިންގާ ޕޯޓް ކޮމްޕްލެކްސް އިމާރާތު ގައި އީސީ ހިންގާތާ 19 އަހަރު ވެއްޖެ އެވެ. ކޮމިޝަނުން ބުނީ އެ އިމާރާތް ކުއްޔަށް ނަގާފައިވާ މުއްދަތު ހަމަވާން ކައިރިވެފައިވާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.