ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުވާލަން ނިންމާ ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ފަށާފައި މިވަނީ މާލެ ސަރަހައްދުގައި ސުޕީރިއާ ކޯޓުތައް ހުރެފައި ހުޅުމާލޭގައި މެޖިސްޓްރޭޓް ކޯޓެއް ހުރުމުން ގޮންޖެހުންތަކެއް ހުރިކަން ހައި ކޯޓުން އިއްޔެ ބުނުމާއި ގުޅިގެންނެވެ.
އެކަން ބަންޑާރަ ނާއިބު އަހްމަދު އުޝާމް ވަނީ ޔަގީންކޮށް ދެއްވާފަ އެވެ. އުޝާމް ވިދާޅުވީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުވާލަން ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ ބިލް ޑްރާފްޓް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުވާލަން ނިންމާ ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ފަށާފައި މިވަނީ މާލެ ސަރަހައްދުގައި ސުޕީރިއާ ކޯޓުތައް ހުރެފައި ހުޅުމާލޭގައި މެޖިސްޓްރޭޓް ކޯޓެއް ހުރުމުން ގޮންޖެހުންތަކެއް ހުރިކަން ހައި ކޯޓުން އިއްޔެ ބުނުމާއި ގުޅިގެންނެވެ. އެ ކޯޓުން އެކަން ފާހަގަ ކޮށްފައި ވަނީ އިއްޔެ ކުރި ހުކުމެއްގަ އެވެ.