މި ސަރަހައްދަށް ކަރަންޓުގެ ބިޔަ މަޝްރޫއެއް | ޗައިނާ ޓީބީއީއޭ ގްރޫޕާއެކު ސޮޔެއް

މި މަޝްރޫއުގެ އަގު ގާތްގަނޑަކަށް 300 މިލިއަން ޑޮލަރަށްވުރެ ބޮޑުވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މި މަޝްރޫއުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެ އެވެ.

މާލެ ސަރަހައްދުގައި ހިންގާ ކަރަންޓުގެ އެންމެ ބިޔަ އެއް މަޝްރޫއުގެ އެއްބަސްވުމުގައި ޗައިނާގެ ކުންފުންޏާއެކު ސްޓެލްކޯއިން ސޮއިކުރަނީ -- ސްޓެލްކޯ

މާލެ ސަރަހައްދުގެ ކަރަންޓުގެ ބިޔަ ނެޓްވޯކް އަކުން ގުޅާލުމާއެކު ގުޅީފަޅުގައި 150 މެގަވޮޓުގެ ޑުއަލް ފިއުލް އިންޖީނުގެ މަޝްރޫއެއް ހިންގަން ޗައިނާގެ ޗައިނާގެ ޓީބީއީއޭ ގްރޫޕް ކޯ ލިމިޓެޑާއެކު ސްޓެލްކޯއިން ސޮއިކޮށްފި އެވެ.

އެފްރިކާ އާއި ޗައިނާގެ އެކި ހިސާބުތަކުގައި އެނާޖީ ގިނަ މަޝްރޫއުތަކެއް ހިންގާ ޗައިނާގެ ޓީބީއީއޭ ގްރޫޕް ކޯ ލިމިޓެޑާއި ސްޓެލްކޯއާ ދެމެދު އެމްއޯޔޫގައި ސޮއިކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ ހުސެއިން ފަހުމީ އެވެ. އަދި ޓީބީއީއޭ ގްރޫޕް ކޯ ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ވައިސް ޕްރެސިޑެންޓް ސަންގް ހޮންގް ޒޮންގް އެވެ. 

ސޮއިކުރުމަށްފަހު ސްޓެލްކޯގެ އެމްޑީ ފަހުމީ "މިރާ" އަށް ވިދާޅުވީ ސްޓެލްކޯ އިން ޗައިނާގެ ޓީބީއީއޭ ގްރޫޕް ކޯ ލިމިޓެޑާއެކު ރަސްމީކޮށް އެމްއޯޔޫއެއްގައި އެއްބަސްވުމެއްގައި ސޮއިކޮށް ކުރުމާއެކު އަންނަ އަހަރުގެ ކުރީކޮޅު މަޝްރޫއުގައި އެގްރީމެންޓުގައި ސޮއިކޮށް މަސައްކަތް ފެށިގެންދާނެ ކަމަށެވެ. މި ފެށެން ތައްޔާރުވާ 300 މިލިއަން ޑޮލަރުގެ މި މަޝްރޫއަކީ މި ސަރަހައްދުގެ ހަކަތަ އުފެއްދުމުގެ އިންފްރާސްޓްރަކްޗާގައި މުހިންމު ބޮޑު މަސައްކަތަށްވާނެ ކަމަށް އެމްޑީ ވިދާޅުވި އެވެ. 

"މި މަޝްރޫއުގެ ދަށުން ހަދާ އިންޖީނުގެ ހުންނާނީ ތިލަފުށީގަ. މި އިންޖީނަކީ ޑުއަލް ފިއުލް އިންޖީނުގެއެއް. މި އިންޖީނު ތެލާއި ގޭސް އަދި ބަޔޯ ފިއުލުން ވެސް ހިންގޭނެ. ބޭނުމަކީ ދުނިޔޭގެ ބާޒާރުގައި އަގަށް އަންނަ ބަދަލާއެކު އެންމެ އަގުހެޔޮކޮށް ކަރަންޓު ދެވޭ ގޮތަށް ބަލައިގެން އިންޖީނު ހެދުން،" ފަހުމީ ވިދާޅުވި އެވެ.  

މި ޕާޓްނަޝިޕްގައި ހިމެނޭ ބައިތައް

  • ހައި-ކެޕޭސިޓީ ޓްރާންސްމިޝަން ލައިން - މާލެ، ވިލިގިލީ ގުޅީފަޅާއި ތިލަފުށި ގުޅުވައި މި މުހިންމު ސަރަހައްދުތަކުގެ ހަކަތަގެ ނެޓްވޯކުން ގުޅާލުން
  • 150 މެގަވޮޓްގެ ޑުއަލް ފިއުލް ޕަވާ ޕްލާންޓް - ކަރަންޓް އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި މަރުކަޒީ ފެސިލިޓީއެއް ތަރައްޤީކޮށް، ސްޓޭބަލް އަދި އިތުބާރުހުރި ހަކަތަ ސަޕްލައިއެއް ކަށަވަރު ކުރުން
  • ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކޮމިޓްމަންޓް - ކަރަންޓުގެ ލޯޑާ އެއްވަރަށް ކެޕޭސިޓީ އުފެއްދުން
ޗައިނާ ބީޓީއީއޭ ގްރޫޕް - ކުރިން ޓެބިއަން އިލެކްޓްރިކް އެޕަރޭޓަސްގެ ނަމުން މަޝްހޫރު ޓީބީއީއޭ ކޯ ލިމިޓެޑަކީ ޗައިނާގެ ކަރަންޓު ޓްރާންސްފޯމަރާއި އެހެނިހެން އިލެކްޓްރިކަލް އިކުއިޕްމަންޓް އުފައްދާ އެންމެ ބޮޑު ކުންފުންޏެވެ. މިއީ ކަރަންޓުގެ ހިދުމަތުގައި އެ ގައުމުގައި އެންމެ ވަރުގަދަ 10 ކުންފުނީގެ ތެރޭގައި ހިމެނޭ އެއް ކުންފުންޏެވެ. ޗައިނާގައި 1938 ވަނަ އަހަރު އުފެދުނު މި ކުންފުންޏަކީ ޗައިނާގެ ހިއްސާގެ ބާޒާރުގައި ލިސްްޓްކޮށްފައިވާ ބިޔަ ކުންފުންޏެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.