އޮޑިޓާ ޖެނެރަލް އޮފީހުން ހުށަހެޅީ 99.5 މިލިއަންގެ ބަޖެޓެއް

އޮޑިޓު އޮފީހުން ފޮނުވި ބަޖެޓަށް ރިއާޔަތްކޮށް، ބައެއް ކަންކަމަށް ހަރަދުކުރަން ކަނޑައަޅާފައިވާ އަދަދުތައް ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީން ލަފާ ދީފައިވެ އެވެ.

އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ: ނުވަ މީހަކަށް އުސޫލާ ހިލާފަށް ދީފައިވާ އެކަނިވެރި މައިންގެ އިނާޔަތް އަނބުރާ ހޯދަން ވަނީ އަންގަވާފައި --

އޮޑިޓާ ޖެނެރަލް އޮފީހަށް 99.5 މިލިއަން ރުފިޔާގެ ބަޖެޓެއް އަންނަ އަހަރަށް ހަމަޖައްސައިދިނުމަށް އެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. 

ކޮންމެ އަހަރަކުވެސް އޮޑިޓާ ޖެނެރަލް އޮފީހުގެ ބަޖެޓު ފޮނުވަނީ ދައުލަތުގެ ބަޖެޓާ ވަކިންނެވެ. އަދި އެ އޮފީހުން އެދޭ ބަޖެޓު ފޮނުވުމުން މާލިއްޔަތު ކޮމިޓީން ބަޖެޓު ދިރާސާކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުން ދައުލަތުގެ ބަޖެޓާއެކު އޮޑިޓާ ޖެނެރަލް އޮފީހުގެ ބަޖެޓު ފާސްކުރެ އެވެ. 

އަންނަ އަހަރަށް އޮޑިޓު އޮފީހުން ލަަފާކޮށްފައިވަނީ ޖުމްލަ 99.5 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުގައި ކެޕިޓަލް ހަރަދުތަކާއި ރިކަރަންޓު ހަރަދުގެ އިތުރަށް ހުޅުމާލޭގައި އަޅާ އެ އޮފީހުގެ އައު އިމާރާތަށް ހިނގާނެ ހަރަދުތައް ހިމަނާފައިވެ އެވެ. 

އޮޑިޓު އޮފީހުން ހުށަހެޅި ބަޖެޓު

  • ރިކަރަންޓު އަދި ކެޕިޓަަލް ހަރަދުތައް: 87،497،312 (އަށްޑިހަ ހަތް މިލިއަން ހަތަރުލައްކަ ނުވަދިހަ ހަތްހާސް ތިންސަތޭކަ ބާރަ) ރުފިޔާ
  • އައު އޮފީސް: 19،050،00 (ނަވާރަަ މިލިއަން ފަންސާސްހާސް ރުފިޔާ)
  • ޖުމްލަ: 99،547،312 (ނުވަދިހަ ނުވަ މިލިއަން ފަސްލައްކަ ސާޅީސް ހަތްހާސް ތިންސަތޭކަ ބާރަ) ރުފިޔާ

މި ބަޖެޓާ ގުޅިގެން މާލިއްޔަތު ކޮމިޓީންވަނީ ފިނޭންސް މިނިސްޓްރީގެ ލަފައަކަށް އެދިފަ އެވެ. ބަޖެޓު ސީލިން ނުވަތަ އެންމެ ބޮޑު އަދަދެއްގެ ގޮތުގައި އޮޑިޓު އޮފީހުގެ ބަޖެޓުގައި ހިމެނުމަށް އެ މިނިސްޓްރީން ކަނޑައަޅާފައިވަނީ 64.4 މިލިއަން ރުފިޔާ އެވެ. 

ނަމަވެސް އޮޑިޓު އޮފީހުން ފޮނުވި ބަޖެޓަށް ރިއާޔަތްކޮށް، ބައެއް ކަންކަމަށް ހަރަދުކުރަން ކަނޑައަޅާފައިވާ އަދަދުތައް ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީން ލަފާ ދީފައިވެ އެވެ. އެގޮތުން މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމަށް ބަޖެޓުގައި ހިމަނާފައިވާ 4 މިލިއަން ކުޑަކުރަން ފިނޭންސްއިން ލަފާދީފައިވެ އެވެ. 

ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ އެފަދައިން ވަކިވަކިން މުއައްސަސާތަކުން މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަކީ ގާނޫނުގެ ތެރެއިން ނުކުރެވޭނެ ކަމަށެވެ. އަދި އެފަދައިން މުއައްސަސާތަކުން މުސާރަ ބޮޑުކުރުމަކީ ދައުލަތުގެ މުސާރަތައް ހާމަނައިޒްކުރުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތަށް ދަތިވާނެ ކަމެއް ކަމުގައިވެސް ބުނެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.