ސެޕްޓެންބަރު މަހުގެ ފުރަތަަމަ 12 ދުވަހު ރާއްޖެއަށް އެވެރެޖުކޮށް ދުވާލެއްގެ މައްޗަށް އައި ފަތުރުވެރިންގެ އަދަދު 5،000 މަތިވެފައިވާއިރު އޯގަސްޓު މަހުގައި އެ ނިސްބަތްހުރީ 4،427 ގަ އެވެ.
އޮކްޓޯބަރު މަހުގެ ފުރަތަމަ 12 ދުވަހު އެވެރެޖުކޮށް ދުވާލަކު އައި ފަތުރުވެރިންގެ އަދަދު 5،000 އިން މަތިވެއްޖެ އެވެ.
ސެޕްޓެންބަރުގެ އެއްވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 60،088 ފަތުރުވެރިން އައިސްފައިވެ އެވެ. އެއީ ފާއިތުވި އަހަަރުގެ ސެޕްޓެންބަރު މަހާ އަޅާބަލާއިރު 7.9 އިންސައްތަ އިތުރުވެފައިވެ އެވެ. ނިމުނު އަހަރުގެ ސެޕްޓެންބަރު މަހުގެ އެ މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 55،676 ފަތުރުވެރިންނެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ނިމުނު އަހަރާ އަޅާބަލާއިރު 9.6 އިންސައްތަ އިތުރުވެފައިވެ އެވެ. މި އަހަރުގެ މިހާތަނަށް 1،552،115 (އެއް މިލިއަން ފަސްލައްކަ ފަންސާސް ދެހާސް އެއްސަތޭކަ ފަނަރަ) ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެ އެވެ.
ފާއިތުވި 2023 ގައި އައިސްފައިވަނީ 1،416،724 (އެއް މިލިއަން ހަތަރުސަތޭކަ ސޯޅަހާސް ހަތްސަތޭކަ ސައުވީސް) ފަތުރުވެރިން އައިސްފައިވެ އެވެ.
މި އަހަރު މިހާތަނަށް އައި ފަތުރުވެރިންގެ 14.9 އިންސައްތަ ފަތުރުވެރިންނަކީ ޗައިނާ ފަތުރުވެރިންނެވެ. އެއީ 231،325 މީހުންނެވެ. އަދި ފަތުރުވެރިންގެ 10.9 އިންސައްތަ ހިއްސާކުރަނީ ރަޝިޔާ އެވެ. އެގައުމުން 169،654 ފަތުރުވެރިން އައިސްފައިވެ އެވެ.
ދެން އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޖަރުމަންވިލާތާއި އިޓަލީއާއި އިނގިރޭސިވިލާތުންނެވެ. އިނގިރޭސިވިލާތުން 130،637 ފަތުރުވެރިން އައިސްފައިވާއިރު، ޖަރުމަނުވިލާތުން 113،582 ފަތުރުވެރިން އަދި އިޓަލީން 109،008 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެ އެވެ.
ސެޕްޓެންބަރު މަހުގެ ފުރަތަަމަ 12 ދުވަހު ރާއްޖެއަށް އެވެރެޖުކޮށް ދުވާލެއްގެ މައްޗަށް އައި ފަތުރުވެރިންގެ އަދަދު 5،000 މަތިވެފައިވާއިރު އޯގަސްޓު މަހުގައި އެ ނިސްބަތްހުރީ 4،427 ގަ އެވެ. މުޅި މި އަހަރު ދުވާލެއްގެ މައްޗަށް އެވެރެޖުކޮށް އައި ފަތުރުވެރިންގެ އަދަދު އުޅެނީ 5،427 ގަ އެވެ.
ރާއްޖޭގައި އޮޕަރޭޓުކުރާ ރިސޯޓުތަކުގެ އަދަދަކީ 167 ރިސޯޓެވެ. އެ ރިސޯޓުތަކުގައި ހިދުމަތްދިނުމަށް 41،297 އެނދު އެބަހުއްޓެވެ. ގެސްޓުހައުސްގެ އަދަދަކީ 887 ގެސްޓުހައުސް އެވެ. އެނދުގެ އަދަދަކީ 14،975 އެވެ.