އިލެކްޝަންސްގެ މެންބަރުކަމަށް ހަސީބު އައްޔަންކުރަން ފޮނުއްވައިފި

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މަޖިލީހަށް ރައީސް ފޮނުއްވާފައިވަނީ ހަމައެކަނި ހަސީބުގެ ނަންފުޅެވެ.

ހަސީބާއި ކުރީގެ އިސްލާމިކް މިނިސްޓަރު އަހްމަދު ޒާހިރު، ފޮޓޯ: މިހާރު

އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ އިސްމާއީލު ހަސީބު އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ. 

އީސީގެ މެންބަރުކަމަށް ހަސީބު އައްޔަންކުރުމަށް ނަންފުޅު ފޮނުއްވީ އެ ކޮމިޝަަނުގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވި ފުއާދު ތައުފީގުގެ ދައުރު ހަމަވާން ކައިރިވެފައިވާތީ އެވެ. އޭނާގެ ދަައުރު ހަމަވާނީ އަންނަ ނޮވެންބަރު މަހުގެ 24 ވަނަ ދުވަހު އެވެ. 

ފުއާދުގެ ދައުރު ހަމަވާން ކައިރިވެފައިވާތީ ރައީސް އޮފީހުންވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވައިލާ އިއުލާނުކޮށްފަަ އެވެ. 

މިއަދު މަޖިލީހަށް ރައީސް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވައިލާ އިއުލާނުކުރުމުން އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މަގާމަށް އައްޔަންކުރުމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ނަންފުޅު ސިޓީއާއެކު ފޮނުއްވާ ކަމަށެވެ. 

އެ ސިޓީގައި ފ.ނިލަންދޫއަށް ނިސްބަތްވެވަޑައިގަންނަވާ ހަސީބުގެ ނަންފުޅު ފިޔަވައި އިތުރު ނަންފުޅެއް ފޮނުއްވާފައިނުވެ އެވެ. 

"ވީމާ މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތުގެ މަތިން އަބްދުލް ހަސީބް އިސްމާއިލްގެ ނަން ފާސް ކޮށްދެއްވުން އެދެން،" ރައީސްގެ ސިޓީގައިވެ އެވެ.

ހަސީބު އިސްލާމިކް މިނިސްޓްރީގެ ޕީއެސްގެ މަގާމުގައި ހުންނެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ކުރީ ކޮޅުގަ އެވެ. އެއިރުގެ މިނިސްޓަރާ ޖެހުނު މައްސަލަތަކެއްގެ ސަބަބުން ފަހުން މަގާމުން ވަކިވެވަޑައިގަތެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.