މުލަށް ރަަށު ޓޫރިޒަމަށް | ކައުންސިލުން ގެސްޓްހައުސް އަޅަން ބިން ދެނީ

ކައުންސިލުން ވަނީ 15,400 އަކަފޫޓުގެ ބިމުގައި ގެސްޓްހައުސް މަޝްރޫއެއް ހިންގަން 50 އަހަރަށް ދޫކުރަން ނިންމާފަ އެވެ.

މ. މުލަށް : ގެސްޓްހައުސް ވިޔަފާރިއަށް ވަނީ ފުރުސަތު ހުޅުވާލާފަ

ރަށު ޓޫރިޒަމް ނުވަތަ ގެސްޓްހައުސް ޓޫރިޒަމް ފުޅާ ކުރުމުގެ ގޮތުން މ. މުލަކު ކައުންސިލުން ގެސްޓްހައުސް އަޅަން ބިން ދޫކުރަން ނިންމައިިފި އެވެ. 

މ. މުލަކު ކައުންސިލުން ބުނީ އެ ރަށު ހ.އަލިކަލޭފާނު މަގުގެ ހުޅަނގުކޮޅު އުތުރު ފަޅިން ، މ. މުލަކު ކައުންސިލުގެ ނަމުގައިވާ 15,400 އަކަފޫޓުގެ ބިމުގައި ގެސްޓްހައުސް މަޝްރޫއެއް ހިންގަން 50 އަހަރަށް އެ ބިން ދޭން ވަނީ ނިންމާފަ އެވެ. މި ބިމުގައި ގެސްޓްުހައުސް ތަރައްގީ ކުރަން ޖެހެނީ އަމިއްލަ ޚަރަދުގަ އެވެ. 

މި ބިން ނަގާ ފަރާތްތަކުން ބިޑު ކާމިޔާބު ކުރިފަރާތުން އެކު އެކުއެޒިޝަން ކޮސްޓަށް ތިން ލައްކަ ރުފިޔާ ކައުންސިލަށް ދައްކަން ޖެހެ އެވެ. 

މުލަކު ކައުންސިލުން ބުނީ އާއްމުކޮށް މި ބިމަށް ދިވެހި މިމަހުގެ 10 ވަނަ ދުވަހުގެ 11:00ގެ ނިޔަލަށް ބިޑު ރަޖިސްޓްރީ ފޯމް ނަގަން ޖެހެ އެވެ. ބިޑް ފޮތް ވިއްކަނީ 3،000ރ. އަށެވެ. އަދި ބީލަން ހުށަހެޅުން އޮންނާނީ މިމަހުގެ 23 ވަނަ ދުވަހުގެ 11:00 ވަނަ ދުވަހު އެވެ. 

މުލަކަކީ މ. އަތޮޅުގައި ގެސްޓްހައުސް ވިޔަފާރި ތަރައްގީވަމުންދާ މަދު ރަށްތަކުގެ އެއް ރަށެވެ. މި އަތޮޅަކީ މި ވިޔަފާރިއަށް ގިނަ ފުރުސަތުތަކެއް އޮތް ތަނެއްގެ ގޮތުގައި ތަޖުރިބާކާރުން ސިފަކުރެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.