އިޓަލީ ޓޫރިސްޓުންގެ އަދަދު ލައްކައިން މައްޗަށް، އިންޑިޔާ ލައްކައަކާ ގާތަށް

ފަސް މަންޒިލަކުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށްވުރެ މައްޗަށް އަރާފައިވާއިރު، އިންޑިޔާއިން އަންނަަ ފަތުރުވެރިންގެ އަދަދު އިތުރުވެ ލައްކައަކާ ގާތްކޮށްފައިވެ އެވެ.

ރާއްޖޭގެ ރަށެއްގައި ދެ ޓޫރިސްޓުން : ރާއްޖެއަށް އަންނަ ޓޫރިސްޓުން ހަދާ ބުކިންތަކުގެ ފައިސާ ރާއްޖޭގައި ހުންނަނީ މަދުން

އިޓަލީ ވިލާތުން އައި ޓުއަރިސްޓުގެ އަދަދު ލައްކައިން މައްޗަށް ގޮސް، އިންޑިޔާއިން ރާއްޖެއަށް ފަތުރުވެރިންގެ އަދަދު ލައްކައަކާ ގާތްކޮށްފި އެވެ. 

ޓޫރިޒަމް މިނިސްޓްރީން މި މަހުގެ ނުވަވަނަ ދުވަހު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު އެ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އައިސްފައިވަނީ 1،531،707 (އެއް މިލިއަން ފަސްލައްކަ އެއްތިރީސްހާސް ހަތްސަތޭކަ ހަތް) ފަތުރުވެރިންނެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 1،400،065 (އެއް މިލިއަން ހަތަރުލައްކަ ފަސްދޮޅަސް ހަތަރު) ފަތުރުވެރިންނެވެ. 

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ޗައިނާއިން އައި ފަތުރުވެރިންގެ އަދަދު ދެ ލައްކަައަށްވުރެ މައްޗަށް އަރާފައިވެ އެވެ. އެ ގައުމުން 229،111 ފަތުރުވެރިން ރާއްޖެއަަށް އައިސްފައިވެ އެވެ. އެއީ މި އަހަރު ރާއްޖެއަށް ފަތުރުވެރިންގެ ގާތްގަނޑަކަށް 15 އިންސައްތަ އެވެ. 

އޭގެ އިތުރަށް ޔޫރަޕުގެ ހަތަރު ގައުމަކުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ލައްކައިން މައްޗަށް އަރާފައިވެ އެވެ. އެއީ: 

  •  ރަޝިޔާ: 167،223
  •  ޔޫކޭ: 128،883
  •  ޖަރުމަން: 111،597
  •  އިޓަލީ: 108،463

ޗައިނާއާއި ޔޫރަަޕުން ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން އައި ހަތަރު ގައުމަށްފަހު ހަވަނައަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް އައީ އިންޑިޔާއިންނެވެ. އަހަރުގެ ކުރީ ކޮޅުގައި އިންޑިޔާ ފަތުރުވެރިން މަދުވުމަށްފަހު މިހާރު އިތުރުވާން ފަށާފައިވާއިރު މިހާތަނަށް އެ ގައުމުން 92،860 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެ އެވެ. 

ސެޕްޓެންބަރު މަަހުގެ ފުރަތަމަ އަށް ދުވަހު ރާައްޖެއަށް އެވެރެޖުކޮށް ދުވާލަކު 4،960 ފަތުރުވެރިން އައިސްފައިވެ އެވެ. އަދި މުޅި އަހަަރު އެވެރެޖުކޮށް ދުވާލކު 5،590 ފަތުރުވެރިން އައިސްފައިވެ އެވެ. އަދި ނިމުނު އަހަރާ އަޅާބަލާއިރު ރާއްޖެއަށް އަައި ފަތުރުވެރިންގެ އަދަދު 9.4 އިންސައްތަ އިތުރުވެފައިވެ އެވެ. 

މި އަހަރުގެ މިހތަނަށް އެވެރެޖުކޮށް ފަތުރުވެރިން ރާއްޖޭގައި ހޭދަކުރަނީ 7.7 ދުވަހެވެ. އަހަރުގެ ކުރީކޮޅުގައި އެ ނިސްބަތް 7.9 އިންސައްތާގައި ހުއްޓެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.