ހައުސިން މިނިސްޓްރީން މިރޭ ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މިހިނގާ އޮކްޓޫބަރު މަަސް ނިމުމުގެ ކުރިން ލިސްޓު އިއުލާން ކުރުމަށް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން ކަމަށެވެ.
ކުރީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4000 ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓް މި މަސް ނިމުމުގެ ކުރީން އިއުލާނު ކުރާނެ ކަމަށް ހައުސިން މިނިސްޓަރީން މިރޭ ބުނެފި އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ނަން އޮތް 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވާ ކަމަށް އޭސީސީން ހިންގި ތަހުގީގެއް ގައި ހާމަކޮށްފައިވެ އެވެ. ލިސްޓުގައި ޝަރުތު ހަމަވުމާއެކު އެއްވެސް މައްސަލައެއް ނެތީ 20.7 ޕަސެންޓެވެ. އަދި ޝަރުތު ފުރިހަމަ ވިޔަސް 19،7 ޕަސެންޓް ފޯމުގައި އެކި މައްސަލަތައް ހުއްޓެވެ.
އެހެން ކަމުން މި ސަރުކާރުން ވަނީ އެ ލިސްޓް މުރާޖައާ ކުރުމުގެ މަސައްކަތް ފަށާފަ އެވެ. އެކަމަށް އެތައް މަސްތަކެއް ވަނީ ހޭދަވެފަ އެވެ.
ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޕްރެޝަރު ބޮޑުވުމުން ރައީސް މުއިއްޒު ވަނީ ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް މި އޮކްޓޫބަރުގެ ނިޔަލަށް ހާމަ ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
ހައުސިން މިނިސްޓްރީން މިރޭ ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މިހިނގާ އޮކްޓޫބަރު މަަސް ނިމުމުގެ ކުރިން ލިސްޓު އިއުލާން ކުރުމަށް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން ކަމަށެވެ.
މަޖިލީހުގެ ކޮމެޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. އަލީ ހައިދަރު ކުރީން ވިދާޅުވީ މުޅި ލިސްޓް އުވާލަން ސަރުކާރުން ގަސްތު ނުކުރައްވާ ކަމަށެވެ. ނަމަވެސް ފްލެޓް ލިސްޓަށް ބޮޑު ބަދަލެއް އަންނާނެ ކަމުގެ އިޝާރާތެއް ކުރެއްވި އެވެ. ވިދާޅުވީ ލިސްޓް އާންމު ކުރާނީ ފްލެޓް ލިބެނީ އެންމެ ހައްގު މީހާއަށްތޯ ކަށަވަރު ކުރުމަށް ފަހު ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު އިމާރާތް ކުރަން ފަށާފައިވާ 32 ޓަވަރުގެ ތެރެއިން ހަ ޓަވަރުގެ މަސައްކަތް އޮކްޓޫބަރުގެ ނިޔަލަށް މުޅީން ނިންމާލެވޭނެ ކަމަށެވެ. އެހާތަނަށް ލިސްޓް ފައިނަލްކޮށް އާންމު ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
މި ސަރުކާރުން ފްލެޓް ލިސްޓަށް ބޮޑު ބަދަލެއް ގެންނާނެ ކަމުގެ ކަންބޮޑުވުން ގިނަ ރައްޔިތުންގެ އެބަ އޮތެވެ. ވެެރިކަމަަށް ވަޑައިގަތުމުގެ ކުރީން ރައީސް މުއިއްޒު ވަނީ ކުރީން ދީފައި އޮތް އެއްޗެއް އަތުނުލައްވާނެ ކަމަަށެވެ.