ބީއެމްއެލް އިން 2016 ވަނަ އަހަރުން ފެށިގެން ކެންސަރު ސޮސައިޓީ އާއި "ޕިންކް ރިބަން ރަން-ވޯކް" އެހީވެދެ އެވެ. ޕާޓްނާޝިޕެއްގެ ދަށުން ކެންސަރު ސޮސައިޓީން ބީއެމްއެލްގެ މުވައްޒަފުންނަށް ހިލޭ ކެންސަރު ސްކްރީން ޕްރޮގްރާމެއް ބާއްވައި ދެ އެވެ.
ކެންސަރު ސޮސައިޓީން އުރަމަތީގެ ކެންސަރަށް އާންމުން ހޭލުންތެރި ކުރަން ބާއްވާ "ޕިންކް ރިބަން ރަން-ވޯކް" އަށް ބޭންކް އޮފް މޯލްޑިވްސް އިން އެހީވެ ދީފި އެވެ. މި އަހަރު "ޕިންކް ރިބަން ރަން-ވޯކް" އިއްުޔެ މާލެ އާއި ހުޅުމާލެއާއެކު 33 ރަށެއްގައި ބޭއްވި އެވެ.
ބޭންކުން ބުނީ ކެންސަރަށް ހޭލުންތެރިކަން އިތުރު ކުރަން ކެންސަރު ސޮސައިޓީން ކުރާ މަސައްކަތަށާއި ކެންސަރު ބަލީގައި ފަރުވާ ހޯދާ މީހުނާއި އާއިލާތަކަށް ދޭ ސައިކޯސޯޝަލް ސަޕޯޓުގެ ހިދުމަތްތަކަށް އެހީވުމުގެ ގޮތުން އެ ބޭންކުން އެ ޖަމިއްޔާއަށް 150،000 ރުފިޔާ ހަދިޔާ ކޮށްފައިވާ ކަމަށެވެ. އަދި އެ ޖަމިއްޔާއިން ފ. އަތޮޅުގައި ބާއްވާ ސްކްރީނިން ޕްރޮގްރާމަށް ވެސް އެހީ ދިން ކަމަށެވެ.
ޕާޓްނާޝިޕެއްގެ ދަށުން ކެންސަރު ސޮސައިޓީން ވަނީ ބީއެމްއެލްގެ މުވައްޒަފުންނަށް ހިލޭ ކެންސަރު ސްކްރީން ޕްރޮގްރާމެއް ބާއްވައި ދީފަ އެވެ.
ބީއެމްއެލް އިން 2016 ވަނަ އަހަރުން ފެށިގެން ކެންސަރު ސޮސައިޓީ އާއި "ޕިންކް ރިބަން ރަން-ވޯކް" އެހީވެދެ އެވެ.