ސައިކަލުތައް ޖެހިގެން ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރޭގައި ކުޑަކުއްޖަކު ހިމެނޭކަން ފުލުހުން ހާމަކޮށްފައިވެ އެވެ.
ހުޅުމާލޭގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ކުޑަކުއްޖަކު ހިމެނޭހެން ހަތަރު މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން މިއަދު މީޑިޔާއަށް މައުލޫމާތު ދިން ގޮތުގައި އެ އެކްސިޑެންޓު ހިނގީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގަ އެވެ. އެ އެކްސިޑެންޓު ހިނގީ ދެ ސައިކަލު ޖެހިގެންކަމަށާއި އެ ދެ ސައިކަލުގައި ތިބި ހަތަރު މީހުންނަށްވެސް އަނިޔާވިކަމަށް ފުލުހުން ބުންޏެވެ.
އިތުރަށް ފުލުހުން ބުނެފައިވަނީ އެ އެކްސިޑެންޓުގައި އަނިޔާވި ހަތަރު މީހުންވެސް ހުޅުމާލޭ ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންގޮސްފައިވާ ކަމަށެވެ.
ސައިކަލުތައް ޖެހިގެން ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރޭގައި ކުޑަކުއްޖަކު ހިމެނޭކަން ފުލުހުން ހާމަކޮށްފައިވެ އެވެ.
އެ އެކްސިޑެންޓުގެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށްވެސް ފުލުުހުން ބުނެފައިވެ އެވެ.