ބުނީ މި މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
ސިނަމާލެ ބްރިޖާއި ގުޅިފައިވާ ހައިވޭގައި މީހަކު ދުއްވި ސައިކަލުގައި އިން ކުޑަކުއްޖަކަށް ސައިކަލުގެ ކޮންޓްރޯލް ދޫކޮށްލައިން އިން މައްސަލާގައި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ފުލުހުން ދީފި އެވެ.
އާންމުވެފައިވާ ވީޑިއޯއަކުން ފެންނަނީ ފިރިހެނަކު ދުއްވަމުން ދިޔަ ސައިކަލުގެ ކޮންޓްރޯލް އޭނާގެ ކުރީގައި އިން ތުއްތު ދަރިފުޅަށް ދީގެން އިންނަ މަންޒަރެވެ. ސުކޫލު ޔުނީފޯމެއްގައި ހުރި ތުއްތު ފިރިހެން ކުއްޖާ އިނީ ޝައުގުވެރި ކަމާއެކު ސައިކަލުގެ ހުންގާނުގައި ހިފަހައްޓައިގެންނެވެ.
އެ ފިރިހެން މީހާ އިނީ ހުންގާނުން އެއް އަތް ދޫކޮށްލައިގެންނެވެ. ހައިވޭގައި މި މަންޒަރު ވީޑިއޯ ކުރީ ކާރެއްގައި އިން މީހެކެވެ.
އަދި އެއީ ވަރަށް ނުރައްކާތެރި ކަމެއްކަން ފާހަގަކޮށް ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް އެމަން ގެނައުމަށް ވީޑިއޯ އާންމު ކުރި އެވެ. ސައިކަލު ދުއްވަން އިނީ ސިފައިންގެ މީހެކެވެ. އޭރު އޭނާ ހުރީ އޭނާ މަސައްކަތް ކުރާ އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރިންގެ ޓީޝާޓެއް ލައިގެނެވެ.
ފުލުހުން ބުނީ ސޯޝަލް މީޑިއާ އެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި ފުލުހުން މިހާރު އެ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަަށެވެ.
ފުލުހުން ބުނީ އެ މީހާ ހާޒިރުކޮށް އިއްޔެ ސުވާލު ކޮށްފައިވާ ކަމަށެވެ. އަދި އޭނާ ގަސްތުގައި ކުޑަކުއްޖަކު ނުރައްކަލަށް ހުށައެޅި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ.
ޓްރެފިކް ގާނޫނާ ހިލާފުވި މައްސަލާގައި ފިޔަވަޅު އެެޅުމަށް ޓްރާސްޕޯޓް މިނިސްޓްރީއަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
އަދި ބުނީ މި މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
ސަލާމަތީ ހިދުމަތްދޭ މުއައްސަސާއެއްގެ މީހެއްގެ ކިބައިން އެފަދަ މައްސަލައެއް ފާހަގަވެއްޖެ ނަމަ އެ މުއައްސަސާއަކުން ވެސް ވަކީން މައްސަލަ ބަލާ ފިޔަވަޅު އަޅައެވެ.