މި އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައ މީރާއަށް 82.5 މިލިއަން ރުފިޔާ ލިބުނެވެ. އެއީ ފާއިތުވި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަަށް ލިބުނު 70 މިލިއަން ރުފިޔާއަށްވުރެ 12 ވަރަކަށް މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މުދަލު ޒަކާތުގެ ގޮތުގައި ދެއްކި ފައިސާގެ އަދަދު ނިމުނު އަހަަރާ އަޅާބަލާއިރު މި އަހަަރު %17 އިތުރުވެފައިވާކަން މީރާގެ ހިސާބުތަކުން ދައްކައިފި އެވެ.
މީރާއިން ކޮންމެ މަހަކު އެއްފަހަރު އާންމުކުރާ އާމްދަނީގެ ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައ މީރާއަށް 82.5 މިލިއަން ރުފިޔާ ލިބުނެވެ. އެއީ ފާއިތުވި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަަށް ލިބުނު 70 މިލިއަން ރުފިޔާއަށްވުރެ 12 ވަރަކަށް މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
އަދި ފާއިތުވި ސެޕްޓެންބަރު މަހުގައި މުދަލު ޒަކާތުގެ ގޮތުގައި 8.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. 2023 ވަނަ އަަހަރުގެ ސެޕްޓެންބަރު މަހުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނީ 2.8 މިލިއަން ރުފިޔާ އެވެ. އެހެންކަަމުން މި އަހަރުގެ ސެޕްޓެންބަރު މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދުވަނީ 204 އިންސައްތަ އިތުރުވެފަ އެވެ.
މީރާއަށް މި އަހަރުގެ ޖަނަވަރީން ފެށިގެން ސެޕްޓެންބަރުގެ ނިޔަލށް ލިބުނު ލިބުނު ޖުމްލަ އާމްދަނީވެސްވަނީ ފާއިތުވި އަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން ފާއިތުވި އަހަރު މީރާއަށް އެ މުއްދަތުގައި ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނީ 705 މިލިއަން ރުފިޔާ އެވެ.
މި އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީވަނީ ނިމުނު އަހަަރާ އަޅާބަލާއިރު %13.1 އިތުރުވެ ޖުމްލަ 801.2 މިލިއަން ރުފިޔާއަށް އަރާފަ އެވެ.