ތިބާގެ އަވަށްޓެރިއާގެ އަނބިމީހާއާ ޒިނޭކުރުން؛ އެންމެ ބޮޑު ފާފަ

ކައިވެނި ހެޔޮނުވާ މީހުންނާއި އަވައްޓެރީންނާއި އެކުވެރީންގެ އަައިލާތައް ފަސާދަކޮށް އެ މީހުންގެ އަނބިދަރީންނާ އެކު ޒިނޭކުރާ މީހުންވެސް އުޅޭ ކަމަަށް ހުތުބާގައި ބުނެފައިވެ އެވެ.

ހުކުރު ނަމާދުގެ ޖަމާއަތް

އެންމެ ނުރައްކާތެރި ފާހިސް އަމަލަކީ ޒިނޭ ކަމަަށާ ޒިނޭއަކީ އެ ކަމުގައި ހަލާކާއި ބަލިމަޑުކަން ހިމެނޭ ހަޑިމުޑުދާރު އަމަލެއް ކަމުން އެ ފާފައާ ދުރުވުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

"ޒިނޭކުރުމާއި ފާހިސް އަމަލުތަކުގެ ނުބައިކަން" މި މައުލޫއަށް މިއަދު މުޅި ރާއްޖޭގައި އިއްވި ހުކުރު ހުތުބާގައި ބުނެފައި ވަނީ
އިސްލާމްދީނަކީ އިއްފަތްތެރިކަމާއި ތާހިރުކަމުގެ ދީން ކަމަަށާ ﷲ تعالى ވަނީ މުސްލިމުންގެ މައްޗަށް ހުރިހައި ބާވަތެއްގެ ބަދުއަހްލާގީ އަމަލުތަކާއި ފާހިސް އަމަލުތައް ހަރާމް ކުރައްވާފައި ކަމަަަށެވެެ.

އެއް ޖިންސުން ގުޅުން ހިންގުމާއި ޒިނޭކުރުން އާއްމުވެއްޖެ ތަނެއް މާތް ﷲ ހަލާކުކުރައްވާ ކަމަަށާ ނަމަވެސް މި ޒަމާނުގައި މި އަމަލުތަކަށް އަރައިގަންނަނީ އެއްވެސް ޖެހިލުމެއް ނެތި ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.

"ބައެއް މީހުން ޒިނޭއަށް އަރައިގަތުމުގެ މަގުސަދުގައި ދަތުރު ހަދައިގެން އެހެން ގައުމުތަކަށް ވެސް ގޮސް އުޅެ. އޭ އިންސާނާ! ދަތުރުން އެނބުރި އާދެވޭނެކަމުގެ އެއްވެސް ޔަގީންކަމެއް އެބަ އޮތްހެއްޔެވެ! ތިބާގެ ވެރިރަސްކަލާނގެއަށް ބިރުވެތިވާށެވެ،"

ހުތުބާގައި ބުނެފައި ވަނީ ޒިނޭގެ ސަބަބުން ނުރައްކާތެރި ބަލިތައް ފެތުރުމުގެ އިތުރަށް މުޖުތަމައުގެ އިޖުތިމާއީ ފޭރާން ހަލާކުވެ އާއިލާތައް ރޫޅި، ނަސްލު އޮޅި، ރަށްމެދަށް ވިހާ ކުދިން ގިނަވާ ކަމަަށެވެ. އަދި ހައްޔަރުން ނައްޓުވައިލައިގެން ދަރި ވައްޓައިލުން ފަދަ ދީނުގައި ހަރާމް އެތައް ފާފަތަކަކަށް އަރައިގަންނަ ކަމަަށެވެ.

ޒިނޭކުރުމަކީ ނުބައިވެގެންވާ އަމަލަކަށްވީ ހިނދު، އެ ކަމާ މެދު ވިސްނުމެއް ނެތި، ކައިވެނި ހެޔޮނުވާ މީހުންނާއި އަވައްޓެރީންނާއި އެކުވެރީންގެ އަައިލާތައް ފަސާދަކޮށް އެ މީހުންގެ އަނބިދަރީންނާ އެކު ޒިނޭކުރާ މީހުންވެސް އުޅޭ ކަމަަށް ހުތުބާގައި ބުނެފައިވެ އެވެ.

އެ މީހުން އެ ފާހިޝު އަމަލުގައި ވަނިކޮށް މަރުގެންނެވުމަކީ ވެސް ހަމަ ވެދާނެކަމެއް ކަން ފާހަގަކޮށް ހުތުބާގައި ބުނީ މާތް ﷲ އަނިޔާވެރިއާއަށް މުހުލަތު ދެއްވަނީ އިސްލާހު ވުމަށް ކަމަަށެވެ.

އަދި އިސްލާހުނުވެ، ފާފަތަކަށް އަރައިގަތުމުގައި ދެމިހުރެއްޖެ ނަމަ ގަދަފަދަ ހިއްޕެވުމަކުން ހިއްޕަވާ ކަމަށެވެ. ހުތުބާގައި ވަނީ އެ ފާފައިގެ ނުބައިކަން ބަޔާންކޮށް ދެއްވާފަ އެވެ.

"މާތް ﷲ ރުއްސުންލެއްވި އަބްދު ﷲ ބުނު މަސްޢޫދުގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާގެ އަރިހުގައި ތިމަން ދެންނެވީމެވެ. އެންމެ ބޮޑު ފާފައަކީ ކޮބައިތޯއެވެ؟ އިތުރު އެކަލޭގެފާނު ހަދީސް ކުރެއްވިއެވެ. "މާތް ﷲ ތިބާ ހައްދަވައިފައިވާ ހިނދު، އެކަލާނގެއަށް ޝަރީކުކުރުމެވެ. ތިމަން ދެންނެވީމެވެ. ދެން ކޮންކަމެއްތޯއެވެ؟ އިތުރު އެކަލޭގެފާނު ހަދީސް ކުރެއްވިއެވެ. ފަގީރުވެދާނެކަމަށް ބިރުން، ތިބާގެ ދަރިން މެރުމެވެ. ތިމަން ދެންނެވީމެވެ. ދެން ކޮންކަމެއްތޯއެވެ؟ އިތުރު އެކަލޭގެފާނު ހަދީސް ކުރެއްވިއެވެ. ތިބާގެ އަވަށްޓެރިއާގެ އަނބިމީހާއާ ޒިނޭކުރުމެވެ.

ލޫތުގެފާނުގެ ގައުމުގެ މީހުން އިންސާނީ ފިތުރަތުގެ މަގުން އެއްކިބާވެ، އެ މީހުންގެ ނާދީތަކުގައި މުންކަރާތްތައް ފަތުރައި، އަލްހާގީ މިންގަނޑުތަކާ ހިލާފުވެ، މުޅީން އަލަށް އީޖާދުކޮށްގެން ލިވާތުކޮށް އުޅުމުގެ ނަތީޖާއަކަށް ވީ އެ މީހުންގެ ގައުމު މުޅިން ހަލާކުވެ ދިޔުން ކަމަަށާ އެ ރަށުގެ މަތީފުށް އަނޑީފުށަށް ބަދަލު ކުރައްވައި އެއްވެސް ދިރުމެއް ނެތް މަރުވެފައިވާ ކަނޑަކަށް އެ ގައުމު ހެއްދެވުން ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.