މެޓު އޮފީހުން އިތުރަށް ބުނީ ހޯމަދުވަހާ ހަމައަށް އާންމުކޮށް ވައިގަދަވާނެ ކަމަށެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވުމާއެކު ވިއްސާރަކޮށް ގުގުރާނެ ކަމުގައި ލަފާކުރެވޭ ކަމށެވެ.
ރާއްޖޭގެ އުތުރާއި ދެކުނުގައި ދެކޮޅިގަނޑު އުފެދިފައިވާތީ އަންނަ ހޯމަދުވަހާ ހަމައަށް މުޅި ރާއްޖެއަށްވެސް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
އެ އިދާރާއިން ބުނި ގޮތުގައި ރާއްޖެއާ ދުރުން އުތުރާއި ދެކުނުގައި ދެކޮޅިގަނޑުވަނީ އުފެދިފަ އެވެ. އެ ކޮޅިގަނޑުތަކުގެ ސަބަބުން މެދުރާއްޖެ ތެރޭގެ ސަރަހައްދުތަކާއި އުތުރުގެ އަތޮޅުތަކަށް އާންމުވައި ގަދަވެފައި، ވިލާގަނޑުގައި ވައި ވަރަށް ބޮޑަށް ގަދަވި އެވެ.
އާންމުވައި އެންމެ ގަދަވިކަމަށް ރެކޯޑުކުރެވިފައިވަނީ އޮކްޓޯބަރު ނުވަވަނަ ދުވަހު 23:00 ގައި ގަޑިއަކު 55 މޭލަށް ބ.ދަރަވަންދޫގަ އެވެ. އަދި ވިލާގަނޑުގައި އެންމެ ވައިބާރުވީ ހުޅުލެއަށް މިއަދު 5:40 ގައި ގަޑިއަކު 58 މޭލަށް އަދި 10:46 ގައި 61 މޭލު ބާރުމިނަށެވެ.
އަދި އެންމެ ބޯކޮށް ވިއްސާރަވެހުނީ އޮކްޓޯބަރު އަށްވަނަ ދުވަހު ފުވައްމުލައް ސިޓީއަށެވެ. އެ ދުވަހު އެ ސިޓީއަށް 120 މިލމީޓަރުގެ ވާރޭ ވެހުނުކަމަށް ރެކޯޑު ކުރެވިފައިވެ އެވެ.
މެޓު އޮފީހުން އިތުރަށް ބުނީ ހޯމަދުވަހާ ހަމައަށް އާންމުކޮށް ވައިގަދަވާނެ ކަމަށެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވުމާއެކު ވިއްސާރަކޮށް ގުގުރާނެ ކަމުގައި ލަފާކުރެވޭ ކަމށެވެ. ދެކުނުގެ އަތޮޅުތަކަށްވެސް 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ބައެއް އަތޮޅުތަކަށް ގަދަވަޔާއެކު ވިއްސާރަކުރާނެ ކަމަށް ލަފާކުރެ އެވެ.
އަދި ވިލާގަނޑުގައި ހުރިހާ ހިސާބަކަށް 45 މޭލާއި 55 މޭލަށް ވައިގަދަވާނެ ކަމުގައި ލަފާކޮށްފައިވެ އެވެ. ރާއްޖޭގެ ބޮޑު ބަޔަކަށް އެ ދުވަސްވަރު ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށްވެސް މެޓު އޮފީހުން އަންދާޒާކުރެ އެވެ.
މެޓު އޮފީހުން ބުނެފައިވަނީ އާންމުކޮށް އުދައަރާ ސަރަހައްދުތަކަށް މިދުވަސްވަރު އުދައެރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ގަދަވަޔާއެކު ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭވެހޭނެކަމަށް ބެލެވޭތީ ހުރިހާ އެންމެންވެސް މޫސުމަށް ސަމާލުވާން އެ އިދާރާައިން އިލްތިމާސްކުރި އެވެ.