އިންޑިއާ ކަނޑުގެ ބެސްޓް ސްޕާ ޑެސްޓިނޭޝަން ރާއްޖެއަށް

ރާއްޖޭއަށް މި އެވޯޑު ދީފައި ވަނީ 10 ވަނަ އެނުއަލް ވޯލްޑް ސްޕާ އެވޯޑްސް އިންނެވެ.

ޖޯލި މޯލްޑިވްސް ރިސޯޓް

އިންޑިއާ ކަނޑުގެ ބެސްޓް ސްޕާ ޑެސްޓިނޭޝަން 2024 އެވޯޑު ރާއްޖޭން ހޯދައިފި އެވެ.

ރާއްޖޭއަށް މި އެވޯޑު ދީފައި ވަނީ 10 ވަނަ އެނުއަލް ވޯލްޑް ސްޕާ އެވޯޑްސް އިންނެވެ. މި އެވޯޑާއެކު ރާއްޖޭގެ ސްޕާ އިންޑަސްޓްރީއަކީ ދުނިޔޭގައި ފާހަގަކޮށްލެވޭ އަދި އިތުބާރު ލިބިފައިވާ އިންޑަސްޓްރީއެއްގެ ގޮތުގައި ފާހަގަވެގެން ގޮސްފައިވާ ކަމަށް ޓޫރިޒަމް ދާއިރާއިން ރާއްޖެ ޕްރޮމޯޓް ކުރާ ވިޒިޓް މޯލްޑިވްސް އިން ވަނީ ބުނެފަ އެވެ.

މި އެވޯޑުގެ އިތުރުން ރާއްޖޭގެ ދެ ރިސޯޓަކަށް ވަނީ އިތުރު ކެޓެގަރީތަކުން ވެސް އެވޯޑު ލިބިފަ އެވެ.

އެގޮތުން އިންޑިއާ ކަނޑުގެ ބެސްޓް ވެލްނެސް ރިޓްރީޓް އެވޯޑާއި ރާއްޖޭގެ ބެސްޓް ވެލްނެސް ރިޓްރީޓް އެވޯޑު، ޖޯލި މޯލްޑިވްސް ރިސޯޓަށް ވަނީ ލިބިފަ އެވެ. ރާއްޖޭގެ ބެސްޓް ރިސޯޓް ސްޕާ އެވޯޑު، އިތާފުށި ރިސޯޓުގެ ވެލްޑޯފް އެސްޓޯރިއާ ސްޕާ އަށް ވަނީ ލިބިފަ އެވެ.

އެނުއަލް ވޯލްޑް ސްޕާ އެވޯޑަކީ ފަތުރުވެރިން ދޭ ވޯޓުގެ މައްޗަށް ބަލައި، އެންމެ ގިނައިން ވޯޓު ލިބޭ ތަންތަނަށް ދޭ އެވޯޑެކެވެ. ރާއްޖެއަށް ވޯޓު ދިން ހުރިހާ ފަތުރުވެރިންނަށް ވިޒިޓް މޯލްޑިވްސް އިން ވަނީ ޝުކުރު އަދާކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.