އިންސާނާއަކީ އުފެއްދުންތެރި މުރާލި ނަތީޖާ ނެރެވޭ ހަރުދަނާ މީހަކަށްވުމުގައި ނަފުސާނީ ދުޅަހެޔޮކަމުގެ މުހިއްމުކަން ފާހަގަކުރައްވައި ރައީސްވަނީ އެންމެންވެސް ނަފުސާނީ ދުޅަހެޔޮކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރައްވާފަ އެވެ.
ނަފުސާނީ ދުޅަހެޔޮކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ.
ރައީސް މިފަދައިން އިލްތިމާސް ކުރެއްވީ ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި މިއަދު ޝާއިއުކުރެއްވި ޕޯސްޓެއްގަ އެވެ. 1992 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ ދިހަވަަނ ދުވަހަކީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.
މި އަހަަރު ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ތީމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މަސައްކަތުގެ މާހައުލުގައި ނަފުސާނީ ދުޅަހެޔޮކަމެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި މިދުވަހުގެ މުނާސަބަތުގައި އެ ތީމާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމުގެ ތަފާތު ޕްރޮގުރާމުތައް ކުރިއަށްގެންދެ އެވެ.
މިއަދު އެ ދުވަހާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ސަލާމަތް ސިއްހަތުގެ ދެބައިކުޅަ އެއް ބައަކީ ނަފުސާނީ ދުޅަހެޔޮކަން ކަމަށެވެ. އަދި އުފެއްދުންތެރި މުރާލި ނަތީޖާ ނެރެދޭ މީހަކަށްވުމުގައި އިންސާނާގެ ނަފުސާނީ ގާބިލުކަން ބޮޑު ދައުރެއް އަދާކުރާކަމަށް ރައީސް ވިދާޅުވި އެވެ.
އިންސާނާއަކީ އުފެއްދުންތެރި މުރާލި ނަތީޖާ ނެރެވޭ ހަރުދަނާ މީހަކަށްވުމުގައި ނަފުސާނީ ދުޅަހެޔޮކަމުގެ މުހިއްމުކަން ފާހަގަކުރައްވައި ރައީސްވަނީ އެންމެންވެސް ނަފުސާނީ ދުޅަހެޔޮކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރައްވާފަ އެވެ.
ނަފުސާނީ ބަލިތައް ދިވެހިންގެ މެދުގައި އިތުރުވަމުންދާ ދިއުން ފާހަގަކުރައްވައި، ރާއްޖޭގެ އެކި ކަންކޮޅުތަކުން ނަފުސާނީ ބައްޔަށް ފަރުވާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއެކު ނަފުސާނީ ފަރުވާއަށް ހާއްސަ ހޮސްޕިޓަލެއް ހައްދުންމަތީގައި ގާއިމުކުރެއްވުމަކީ ރަައީސް ޑރ.މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.