ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: ތިން މީހުންނަށް ދައުވާ ކޮށްފި

މި މައްސަލައިގައި ތިން މީހުންގެ މައްޗަށް ދައުވާ ކޮށްފައިވާކަން އެނގުނީ މިއަދު ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލު ކުރުމުންނެވެ. މިއަދު 9:00 ގައި އޮތް އެ އަޑުއެހުން ކޯޓުން މިހާރު ވަނީ ކެންސަލް ކޮށްފަ އެވެ.

އެކްސިޑެންޓްވިއިރު ރޭސް ކާރުގައި ތިބި މީހުން: ތިން މީހުންނަށް ވަނީ ދައުވާ އުފުލާފައި

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ޖުލައި ފަހު ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން ހައްޔަރު ކުރި މީހުންނަށް ދައުވާ ކޮށްފި އެވެ.

ހުޅުމާލެ ހިޔާ އަވަށް -- ވިނަރަސް ފްލެޓް ސަރަހައްދު ގައި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި އައި ރޭސް ކާރެއް ކޮންޓްރޯލް ނުވެގެނެވެ. އެނބުރެމުން އެނބުރެމުން އައި ރަތްކުލައިގެ އެ ކާރުން ޖެހުނީ އެވަގުތު މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގަ އެވެ.

އެކްސިޑެންޓްގައި އެމީހާ ވަރަށް ދުރަަށް ވިއްސައިގެންދިޔަ އެވެ. އޭނާ އިން ސައިކަލަށް ވެސް ބޮޑެތި ގެއްލުންވި އެވެ. އިހުމާލުން އަދި އެފަދަ ނުރައްކާތެރި އެކްސިޑެންޓެއް ހިނގުމުން ވެސް ކާރުގައި ތިބި މީހުން ވަނީ ކާރު ދޫކޮށް ފިލާފަ އެވެ. މި މައްސަލައިގައި ކާރުގައި ތިބި ތިން މީހުން ހޯދުމަށްފަހު އެރޭ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

އެއީ، މ. ލޭންޑްއޮފްގާޑްން، އިބްރާހިމް އިކްރާމާއި ހ. ނޫރަންމާގެއާގޭ އިކްރާމުއްރަހުމާނާއި ގއ. ކަނޑުހުޅުދޫ އާޒާދު، ޖިނާހު އިސްމާއީލެވެ. މި ތިން މީހުންގެ މައްޗަށް ގިނަ ދައުވާތަކެއް ވަނީ ކޮށްފަ އެވެ. ކާރު ދުއްވަން އިނީ އިކްރާމެވެ.

އެގޮތުން އިކްރާމާއި އިކްރާމުއްރަހުމާންގެ މައްޗަށް ހަ ދައުވާއެއް އުފުލާފައިވެ އެވެ. އަދި ޖިނާހުގެ މައްޗަށް ހަތަރު ދައުވާއެއް ވަނީ އުފުލާފައިވެ އެވެ.

އިކްރާމްގެ މައްޗަށް އުފުލި ދައުވާތައް

  •  އަނިޔާއެއް ދިނުމުގެ ދައުވާ
  •  މީހަކު ފަރުވާލެއް ނެތި ކުރާ އަމަލެއްގެ ސަބަބުން މީހަކަށް، އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތިކުރުވުމުގެ ދައުވާ
  •  މުދަލަށް ގެއްލުން ދިނުމުގެ ދެ ދައުވާ
  •  އެކްސިޑެންޓް ވުމުން އެކަމުގެ ރިޕޯޓް ނުކުރުމުގެ ދައުވާ
  •  އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދައުވާ

އިކްރާމުއްރަހުމާންގެ މައްޗަށް އުފުލި ދައުވާތައް

  •  އެކްސިޑެންޓް ވުމުން އެކަމުގެ ރިޕޯޓް ނުކުރުމުގެ ދައުވާ
  •  އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދައުވާ
  •  އަނިޔާއެއް ދިނުމުގައި ބައިވެރިވުމުގެ ދައުވާ
  •  މީހަކު ފަރުވާލެއް ނެތި ކުރާ އަމަލެއްގެ ސަބަބުން މީހަކަށް، އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތިކުރުވުމުގައި ބައިވެރިވުމުގެ ދައުވާ
  •  މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވުމުގެ ދެ ދައުވާ

ޖިނާހުގެ މައްޗަށް އުފުލި ދައުވާތައް

  •  އަނިޔާއެއް ދިނުމުގައި ބައިވެރިވުމުގެ ދައުވާ
  •  މީހަކު ފަރުވާލެއް ނެތި ކުރާ އަމަލެއްގެ ސަބަބުން މީހަކަށް، އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތިކުރުވުމުގައި ބައިވެރިވުމުގެ ދައުވާ
  •  މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވުމުގެ ދެ ދައުވާ

މި މައްސަލައިގައި ތިން މީހުންގެ މައްޗަށް ދައުވާ ކޮށްފައިވާކަން އެނގުނީ މިއަދު ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލު ކުރުމުންނެވެ. މިއަދު 9:00 ގައި އޮތް އެ އަޑުއެހުން ކޯޓުން މިހާރު ވަނީ ކެންސަލް ކޮށްފަ އެވެ.

މި މައްސަލައިގައި ދައުވާ ލިބޭ ތިން މީހުން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.