މީހަކު ގެއަކަށް ވައްދާ އޮރިޔާންކޮށް، ފޭރުނު ތިން މީހަކަށް ދައުވާ ކޮށްފި

މި ތިން މީހުންގެ މައްޗަށް ތިން ދައުވާއެއް ކޮށްފައިވެ އެވެ. އެއީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އާއި އެނގިހުރެ ހުއްދަ ނޫން ގޮތެއްގައި މައުލޫމާތު ހޯދުމުގެ ކުށުގެ ދައުވާގެ އިތުރުން ފޭރުމުގެ ކުށުގެ ދައުވާ އެވެ.

ދައުވާ ކުރަން ފޮނުވި މީހުން

މީހަކު ގެއަކަށް ވައްދާ އޮރިޔާންކޮށް ފޭރުނު މައްސަލައެއް ގައި ތިން މީހަކަށް ކްރިމިނަލް ކޯޓުގައި ދައުވާ ކޮށްފި އެވެ.

މިދިޔަ ޖުލައި 24 ވަނަ ދުވަހުގެ ވަގުތެއްގައި، ތިން މީހަކު ވެގެން މއ. މަސްފަން ގެއަށް ދިވެހި ފިރިހެނަކު ވައްދައި، އެމީހާއަށް ވަޅިން ބިރުދައްކައި އޮރިޔާންކޮށް، އަނިޔާކޮށް، އޭނާގެ މޯބައިލް ފޯނުއަތުލައި އޭނާގެ ބެންކު އެކައުންޓުން ފައިސާ ޓްރާންސްފާކުރުވައި އަދި އޭނާގެ ކޭޝްކާޑު ބޭނުންކޮށްގެން އޭޓީއެމްއިން ފައިސާ ނަގާފައިވެ އެވެ.

މި މައްސަލައިގައި ދައުވާ ކޮށްފައި ވަނީ ސ. ހިތަދޫ ސޯމާ، ޝަފީގު އިބްރާހީމާއި މއ. މަސްފެން މުހައްމަދު ރީހާނާއި އައިޝަތުގެ މައްޗަށެވެ. ފުލުހުން ވަނީ މީގެ ކުރިން މި މީހުންގެ ވަނަވަރު އާންމުކޮށްފަ އެވެ.

މި ތިން މީހުންގެ މައްޗަށް ތިން ދައުވާއެއް ކޮށްފައިވެ އެވެ. އެއީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އާއި އެނގިހުރެ ހުއްދަ ނޫން ގޮތެއްގައި މައުލޫމާތު ހޯދުމުގެ ކުށުގެ ދައުވާގެ އިތުރުން ފޭރުމުގެ ކުށުގެ ދައުވާ އެވެ.

މި ތިން މީހުންނަކީވެސް މިފަދަ ކުށުގެ ރެކޯޑު އޮންނަ ބައެއް ކަމަށް ކުރިން ފުލުހުން ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.