މާރާމާރީ ހިންގި މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފި

މުނީޒަކީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރަމާރީ ހިންގުމާއި ފޭރުމުގެ ކުށުގެ ރެކޯޑު އޮންނަ ފަރާތެކެވެ.

ވަޅިޖެހުމުގެ ހާދިސާއެއްގެ ސީންގައި ފުލުހުން ހަރަކާތްތެރި ވަނީ -- މި

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މީހަކު ތަހުގީގު މަރުހަލާ އަދި ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދު ކުރުމަށް ކުރިމިނަލް ކޯޓުންް އަމުރުކޮށްފިއެވެ.

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މއ. މަސްފަން، މުނީޒް، 37އ،ގެ މައްޗަށެވެ.

ބަންދު އަމުރުިގައިވާގޮތުން އޭނާ އާއި ދެކޮޅަށް، މި ކުށުގެ ތުހުމަތު ކުރެވޭ ވަރަށް ހެކި ހުށަހަޅާފައިވެއެވެ. އެގޮތުން އަނިޔާ ލިބުނު ފަރާތަށް މުނީޒް ތޫނު އެއްޗަކުން ހަމަލާދިން ކަމުގެ ތަފްސީލީ ބަޔާނާއި، އޭނާއަށް ލިބިފައިވާ އަނިޔާތައް ފެންނަ ފޮޓޯތައް ކޯޓަށް ވަނީ ހުށަހަޅާފައެވެ.

މުނީޒަކީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރަމާރީ ހިންގުމާއި ފޭރުމުގެ ކުށުގެ ރެކޯޑު އޮންނަ ފަރާތެކެވެ.

މުނީޒް ހައްޔަރުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ހިލާފަށް ކަމަށް އޭނާ ވަނީ ކޯޓުގައި ބުނެފައެވެ. އެހެން ނަމަވެސް ފުލުހުން ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލައި އޭނާ ހައްޔަރުކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވަނީ ކަނޑައަޅާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.