ގިނަ މަސްތުވާތަކެއްޗާއެކު ބިދޭސީއަކު ހައްޔަރުކޮށްފި

މަސތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އެތަކެތީގެ ވޮޔަފާރިކުރި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ފަރުކް މިއާ 30އ، އެވެ.

މީގެ ކުރިން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެން މަސްތުވާތަކެތި---

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އެތަކެތީގެ ވޮޔަފާރިކުރި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ފަރުކް މިއާ 30އ، އެވެ.

އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯތުން ވަނީ އޭނާ ކަސްޓޯޑިއަލް ޖަލެއްގައި 10 ދުވަހު ބަންދުކުރުމަށް އަމުރުކޮށްފައެވެ. އަދި އޭނާ އަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީއަކަށްވެފައި، ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާޥެ، ފިލުވުމުގެ ފުރުސަތު އޮންނާނެ ކަމަށް ގާޒީ އާމިނަތު އަޒްލިފާ ވަނީ ފާހަގަކޮށްފައެވެ.

އަމުރުގައިވާ ގޮތުން ފަރުކް މިއާ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ހަ ރަބަރު ޕެކެޓު އޭނާޣެ ހަށިގަނޑުން ވަނީ ފެނިފައެވެ.

އޭގެ އިތުރުން އޭނާ އާއި ގުޅުންހުރި އެޕާޓުމަންޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށްވެސް އަމުރުގައިވެއެވެ. އަދި ފަރުކް މިއާ އާ ދެކޮޅަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށްވެސް އަމުރުގައިވެއެވެ.

މީގެ އިތުރުން އޭނާގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި ގާނޫނާއި ހިލާފަށް ރާޢްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަތަކުގައިު ރިއާޔަތްކުރުމަށް ކަނދައަޅާފައިވާ އުސޫލުތަކަށް ރިއާޔަތްކޮށްފައިވާނެ ކަމަށްވެސް ހުކުމުގައިވެއެވެ.

ފަހަކަށް އައިސް މަަސްތުވާތަކެތީގެ މައްސަލަތަކުގައި ބިދޭސީން ހައްޔަރުކުރާ މިންވަރު ވަނީ އިތުރުވެފައެވެ. ދާދި ފަހުން ހުޅުމާލޭ ފޭސް ތިނަކުން ގިނަ އަދަދެއްގެ ބަނގުރަލާއެކު ދެ ބިދޭސީއަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.