މިއަދު ބޮޑުވަޒީރުގެ ރަސްމީ އޮފީސް ހައިދަރުބާދު ހައުސްގައި އޮތް މި ބައްދަލުވުމުގައި ރައީސްގެ އަރިހުގައި އިންޑިޔާއަށް ޒިޔާރަތްކުރައްވަމުންދާ ވަފުދުގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވައިފި އެވެ.
އިންޑިޔާއަށް ރައީސް ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު ބޮޑުވަޒީރުގެ ރަސްމީ އޮފީސް ހައިދަރުބާދު ހައުސްގައި އޮތް މި ބައްދަލުވުމުގައި ރައީސްގެ އަރިހުގައި އިންޑިޔާއަށް ޒިޔާރަތްކުރައްވަމުންދާ ވަފުދުގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރުންވެސް ބައިވެރިވެވަޑައިގެންފައިވެ އެވެ.
މި ބައްދަލުވުމުގައި ދެ ލީޑަރުންވަނީ ރާއްޖެއާއި އިންޑިޔާގެ މެދުގައި އޮތް ގުޅުން ބަދަހިކުރުމާމެދު މަޝްވަރާކުރައްވާފަ އެވެ. އަދި އިންޑިޔާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން ވާހަކަދެއްކެވި އެވެ.
މަޝްވަރާ ބައްދަލުވުމަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގައި އިންޑިޔާއިން ހިންގަމުން އަންނަ ބައެއް މަޝްރޫއުތަކާއި މިހާތަނަށް ފެށުމަށް އެއްބަސްވެފައި ހުރި ބައެއް މަސައްކަތްތައް ފަށާފައިވެ އެވެ. އެގޮތުން އިންޑިޔާގެ އެހީގައި ތަރައްގީކުރާ ހަނިމާދޫ އެއާޕޯޓުގެ ރަންވޭ ހުޅުވާފައިވެ އެވެ. އަދި އިންޑިޔާގެ ރުޕީ ކާޑު ރާއްޖޭގައި ބޭނުންކުރަންވަނީ ފަށާފަ އެވެ. އެގޮތުން އެ ކާޑު ބޭނުންކޮށްގެން ފުރަތަމަ މުއާމަލާތްވެސް މިއަދުވަނީ ހިންގާފަ އެވެ.
އެއަށްފަހު ދެ ލީޑަރުންވަނީ ޖޮއިންޓް ސްޓޭޓްމެންޓެއް ދެއްވާފަ އެވެ. އެ ސްޓޭޓުމެންޓުތަކުގައި ދެ ބޭފުޅުންވެސް ދެ ގައުމުގެ ގުޅުމުގެ ދިގު ތާރީހަށާއި މުހިއްމުކަމަށް އަލިއަޅުވައިލެއްވި އެވެ.