އަލަށް ގެނައި އިސްލާހުގައި ބުނެފައިވަނީ ދިރޭ އެއްޗެއް ގެނައި ގައުމަށް ނުވަތަ ރެސްކިއު ސެންޓަރަކަށް ނުވަތަ އެހެންވެސް އެކަށީގެންވާ ފެސިލިޓީއަކަށް ގެންދާނަމަ އެކަމުގެ ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސަންޖެހޭނީ އެތަކެތި ރާއްޖެއަށް އެތެރެކުރި ބ
ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުން ރާއްޖެއަށް އެތެރެކުރުން މަަނާ ނެތިދާނެ ކަމުގެ ބިރު ހީވެފައިވާ ޖަނަވާރު ނައްތައިލުމާއި އަނބުރާ ފޮނުވައިލުމަށް ހިނގާ ހަރަދު އެ ޖަނަަވާރު އެތެރެކުރާ މީހުންގެ އަތުން ނަގާ ގޮތަށް ހަމަޖައްސައިފި އެވެ.
އެންވަޔަރަމެންޓު މިނިސްޓްރީންވަނީ ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގުވާމީ ވިޔަފާރި ކޮންޓްރޯލުކުރުމުގެ ގާނޫނާ ހިލާފަށް ވިއްކާ ތަކެއްޗާއި ގެންގުޅޭ ތަކެތި ފޮނުވައިލުމާއި ނައްތައިލުމުގެ ގަވާއިދު އިސްލާހުކޮށް އިއްޔެ ގެޒެޓުކޮށްފަ އެވެ.
އަލަށް ގެނައި އިސްލާހުގައި ބުނެފައިވަނީ ދިރޭ އެއްޗެއް ގެނައި ގައުމަށް ނުވަތަ ރެސްކިއު ސެންޓަރަކަށް ނުވަތަ އެހެންވެސް އެކަށީގެންވާ ފެސިލިޓީއަކަށް ގެންދާނަމަ އެކަމުގެ ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސަންޖެހޭނީ އެތަކެތި ރާއްޖެއަށް އެތެރެކުރި ބަޔެކެވެ.
އެގޮތުން އެކަމަށް ހިނގާ ހަރަދުގެ އިތުރަށް ބޭނުންވާ ލިޔެކިޔުންތަކާއި އެހެނިހެން އިންތިޒާމުތައް ހަމަޖެއްސުމަށް ދައުލަތުން އަންގާތާ ހަތް މަސްދުވަަހުގެ މުހުލަތެއްގެ ތެރޭގައި އެކަންކަން ހަމަޖައްސަންޖެހޭނެ އެވެ.
އަދި ގަވާއިދުގައި ބުނެފައިވަނީ ރާއްޖެއަށް އެތެރެކޮށްފައިވާ ޖަނަވާރެއް މަރައިލުމަށް ނުވަތަ ނައްތައިލުމަށް ނިންމާ ހާލަތުގައި އެކަމަށްވެސް ޒިންމާވާންޖެހޭނީ އެ ޖަނަވާރެއް ރާއްޖެއަށް އެތެރެކުރި މީހެކެވެ.
މި އިސްލާހަށް އިއްޔެއިން ފެށިގެން އަމަލުކުރަންވަނީ ފަށާފަ އެވެ.
ރާއްޖެއަށް މަނާ ޖަނަވާރު އެތެރެކޮށް ގެންގުޅޭ މައްސަލަ ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ. އަދި ބައެއްފަހަރު އެފަދަ ދިރޭ ތަކެތި ނައްތާލައިގެން އާންމުންގެ މެދުގައި ހިޔާލު ތަފާތުވުންތައްވެސް އުފެދިފައި އެބަހުއްޓެވެ.