މިއީ ރާއްޖެއަށް ވަރަށް މޫސުން ގޯސް ދުވަސްވަރެކެވެ. އެކްސް ގައި ފުލުހުން ކުރި ޕޯސްޓެއް ގައި ބުނެފައި ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ކަނޑުތައް ގަދަވެ ކަނޑުމަތީގެ ހާދިސާތައް ހިނގަމުންދާ ކަމަށެވެ.
މިއީ ރާއްޖެއަށް ވަރަށް މޫސުން ގޯސް ދުވަސްވަރެކެވެ. އެކްސް ގައި ފުލުހުން ކުރި ޕޯސްޓެއް ގައި ބުނެފައި ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ކަނޑުތައް ގަދަވެ ކަނޑުމަތީގެ ހާދިސާތައް ހިނގަމުންދާ ކަމަށެވެ. ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރީން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދާ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.
މިރޭ ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ސަމާލު ނެރެފަ އެވެ. މިއަދަކީ މުޅި ރާއްޖެ އަށްވެސް ވިއްސާރަ ދުވަހެކެވެ. މި ދުވަސްވަރު ރާއްޖޭގެ އެެކި ހިސާބުތަކަށް ބޯކޮށް ދަނީ ވާރޭވެހެމުންނެވެ.
މެޓުން މިރޭ ބުނީ މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެހެން ކަމުން މުޅި ރާއްޖެއަށް ވަނީ ހުދު ސަމާލު ނެރެފަ އެވެ. ސަމާލު ނެެރެފައި ވަނީ މިރޭ 1:30އާ ހަމައަށެވެ.
މެޓުން ބުނީ މި ވަގުތުތަކުގައި ބޯކޮށްވާރޭވެހޭނެ ކަމަށެވެ. ގުގުރާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުމުގައި ވައި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.