މަޖިލީހުގެ ދެވަނަ ދައުރު ފެށުން އަންނަ ހަފުތާއަށް ފަސްކޮށްފި

މަޖިލީހުން މެންބަރުންނަށް އެންގި ގޮތުގައި ޖަލްސާ ފަސްކުރަން ނިންމީ މަޖިލީހުގެ ޖަލްސާތަައް ބްރޯޑްކާސްޓު ކުރުމަށް އައު ވީޑިއޯ ރޫމެއް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތް ނިމެންދެނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން، ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފެށުން އަންނަ ހަފުތާގެ ހޯމަދުވަހަށް ފަސްކޮށްފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މާދަމާ ބާއްވާ ގޮތަށް ކުރިން ހަމަޖެހިފައި އޮތް ނަމަވެސް ޖަލްސާ ފަސްކުރިކަން މަޖިލީހުގެ އިދާރާއިން މެންބަރުންނަށް މިއަދު އަންގާފައިވެ އެވެ. 

މަޖިލީހުން މެންބަރުންނަށް އެންގި ގޮތުގައި ޖަލްސާ ފަސްކުރަން ނިންމީ މަޖިލީހުގެ ޖަލްސާތަައް ބްރޯޑްކާސްޓު ކުރުމަށް އައު ވީޑިއޯ ރޫމެއް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތް ނިމެންދެނެވެ. އެ މަސައްކަތް ނިނިމެނީސް މަޖިލީހުގެ ޖަލްސާތައް ދުރަށް ދެއްކުމަށް ދަތިތަކެއް ކުރިމަތިވާނެކަމަށް މަޖިލީހުގެ އިދާރާއިން ބުނެފައިވެ އެވެ. 

އެހެންކަމުން މި ހަފުތާ ހޯމަދުވަހުގެ ބަދަލުގައި އަންނަ ހަފުތާގެ ހޯމަދުވަހު މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވެވުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމަވާފައިވާކަމަށް މަޖިލީހުގެ އިދާރާއިން މެންބަރުންނަށް އަންގާފައިވެ އެވެ. 

މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ނިންމާލާފައިވަނީ ނިމުނު އޯގަސްޓު މަހުގެ 22 ވަނ ދުވަހު އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.