ދިވެހިންގެ ރާއްޖެ ހޯދުމަށް 15 ވަރަކަށް އަހަރު ކޮންގްރެސް ވެރިކަަމުގައި އޮންނަންޖެހޭ: އަބްދުއްރަހީމް

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެންމެން މި ތިބީ، ދެ ވަނަ ދައުރެއް ރައީސުލްޖުމްހޫރިއްޔާ ހޯދައިދިނުމުގެ ވިސްނުމެއްގައި. އެކަން އަޅުގަނޑުމެން ކާމިޔާބު ކުރާނަން،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ދިވެހިން އެދޭ ދިވެހިރާއްޖެ ބިނާކުރުމަށް 15 ވަރަކަށް އަހަރު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ވެރިކަމެއް ރާއްޖޭގައި އޮންނަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. 

ކޮންގްރެސް ޕާޓީއަށް މެންބަރުން ވެއްދުމަށް އެ ޕާޓީން އިއްޔެ ހުޅުމާލޭގައި ބޭއްވި ހަރަކާތް ފައްޓަވައިދެއްވުމަށްފަހު "އަސްލު ޓީވީ"އަށް ދެއްވި ބަސްދީގަތުމެއްގައި އަބްދުއްރަހީމް ވިދާޅުވީ، ކޮންގެރެސް ޕާޓީ އޮތީ މި ފަސް އަހަރުގެ ދައުރު ވެރިކަަން ކުރުމަށްފަހު ނިންމައިލާ ގޮތަށް ނޫންކަމަށާއި، އަމާޒަަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް ދެވަނަ ދައުރެއް ހޯދައިދިނުން ކަމަށެވެ. 

"މި ފަސް އަހަރު އެކަނި ވެރިކަން ކުރާ ގޮތަކަށް ނޫން އަޅުގަނޑުމެން މި ތިބީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެންމެން މި ތިބީ، ދެ ވަނަ ދައުރެއް ރައީސުލްޖުމްހޫރިއްޔާ ހޯދައިދިނުމުގެ ވިސްނުމެއްގައި. އެކަން އަޅުގަނޑުމެން ކާމިޔާބު ކުރާނަން،" އޭނާ ވިދާޅުވި އެވެ.

އިތުރަށް އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް ޕާޓީގެ މައިގަނޑު އަމާޒަކީ މިހާރު ރާއްޖެ މިއޮތް ހާލަތުން އެއަށްވުރެ ރަނގަޅު ހާލަތަކަށް ގެންދިއުން ކަމަށެވެ. އަދި އެކަމަށްޓަކައި ދިވެހިން އެދޭ ދިވެހިރާއްޖެ ބިނާކުރަންޖެހޭ ކަމަށާއި، އެކަމަށް 10 ވަރަކަށް 15 ވަރަކަށް އަހަރު ބޭނުންވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި ދިވެހިންގެ ރާއްޖޭގެ ސިޔާސަތަކީ ރައީސް މުއިއްޒުގެ ސިޔާސަތުކަން ފާހަގަކުރައްވައި އެ ސިޔާސަތު ހިންގާ ވެރިކަމަަކަށް 15 ވަރަކަށް އަހަރު ލިބުން މުހިއްމު ކަމަށް ވިދާޅުވި އެވެ. 

"އަޅުގަނޑުމެންގެ މައިގަނޑު އަމާޒަކީ ރާއްޖެ މިހާރު މި އޮތް ހާލަތުން އެހެން ހާލަތަކަށް ބަދަލުކޮށް، ދިވެހީންގެ ރާއްޖެއެއް ދިވެހިން އެދޭ ގޮތަށް ބިނާކުރުމަށްޓަކައި އެބަ ބޭނުންވޭ 10 ވަރަކަށް 15 ވަރަކަށް އަހަރު އެއް ވެރިކަމެއް އޮންނަން. އެ ވެރިކަމަކަށް ބަލާއިރު، ރައީސް ޑރ. މުއިއްޒުގެ ސިޔާސަތަކީ އެއީ ދިވެހިންގެ ރާއްޖެއެއްގެ ސިޔާސަތު،" އަބްދުއްރަހީމް ވިދާޅުވި އެވެ.  

ރައީސް މުއިއްޒު އިންތިހާބުވެވަޑައިގަތުމަށްފަހު އަބްދުއްރަހީމްވަނީ އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިހާބު ކުރުމުގެ މަސައްކަތް ކުރާނެކަން އިއުލާނު ކުރައްވާފަ އެވެ. އަދި ދެވަނަ ދައުރެއް ރައީސަށް ދޭންޖެހެނީ އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅުގެ ސަބަބުންކަން އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ. 

މިހާރު ޕާޓީއަށް މެންބަރުން އިތުރުކުރުމަށް ކުރާ މަސައްކަތްތަކާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް ޕާޓީއަކީ އެންމެ ކުރު މުއްދަތެއްގައި އެންމެ ގިނަ މެންބަރުން އެ ޕާޓީއާ ގުޅެމުންދާ ޕާޓީ ކަމަށެވެ. 

އެގޮތުން މިހާރު އެ ޕާޓީއަށް 60،000 އަށްވުރެ ގިނަ މެންބަރުން ހަމަވެފައިވާކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. 

ވެރިކަމަށް އެއް އަހަރު ފުރޭއިރަށް ކޮންގްރެސްއަށް 75،000 މެންބަރުން ހަމަކޮށް އެ ޕާޓީއަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީކަމުގައި ހެދުމަށް ރައީސްވަނީ އިއުލާނު ކުރައްވާފަަ އެވެ. އެމަނިކުފާނުގެ އެ އިއުލާނާއެކު އެ ޕާޓީން ގެންދަނީ ފުޅާ ދާއިރާއެއްގައި ޕާޓީއަށް މެންބަަރުން އިތުރުކުރުމަށް މަސައްކަތް ކުރަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.