ނުރައްކާތެރިކޮށް ލޯންޗުތަކެއް ދުއްވި މައްސަލަ ތަހުގީގު ކުރަނީ

"ވީޑިއޯގައި ހިމެނޭ ލޯންޗުތަކަކީ 2024 އޮގަސްޓް 13 ވަނަ ދުވަހު އއ. އަތޮޅަށް ދަތުރުކުރި ލޯންޗުތަކެއް ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވޭ،" މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުންޏެވެ.

ނުރައްކާތެރިކޮށް ލޯންޗު ދުއްވަނީ --

ނުރައްކާތެރިކޮށް ލޯންޗުތަކެއް ދުއްވި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި އިއްޔެ ވަނީ އެ ވީޑިއޯ ދައުރުވެފަ އެވެ. އެ ވީޑިއޯއިން ފެންނަނީ ރޭސް ޖަހާ ގޮތަށް ދެ ލޯންޗު ދުއްވާފައި އައިސް ރަށެއްގެ ފަޅަށް ވަންނަ ތަނެވެ. އެއީ އއ. ތޮއްޑޫ އާއި މާލެއާ ދެމެދު ދަތުރުކުރާ ލޯންޗުތަކެވެ. އެ ލޯންޗުތައް ވަނީ ވެސް ތޮއްޑޫ ބަނދަރަށެވެ.

މި މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯ ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ. ނަމަވެސް ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

"ވީޑިއޯގައި ހިމެނޭ ލޯންޗުތަކަކީ 2024 އޮގަސްޓް 13 ވަނަ ދުވަހު އއ. އަތޮޅަށް ދަތުރުކުރި ލޯންޗުތަކެއް ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވޭ،" މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުންޏެވެ.

އާންމުވި ވީޑިއޯއިން ފެންނަ ގޮތުގައި ރޭސް ޖަހަމުން ދިޔައީ "ނަސްރު" ނަމަކަށް ކިޔާ ލޯންޗަކާއި "ރިލެކްސް ގޯލްޑް" އަދި "ރަމްޒު ކުއީން" ނަމަކަށް ކިޔާ ލޯންޗެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.