ގުރުއާން ހިތުދަސްކުރި 28 ހާފިޒަކަށް ރައީސްގެ މެޑަލް

މިއަދު ރައީސް ސަނަދާއި މެޑަލް ދެއްވި ހާފިޒުންނަކީ 2022 ވަނަ އަހަރުގެ އޮކްޓޯބަރުން ފެށިގެން އެކެއް ސެޕްޓެންބަރު 2024 އާ ދެމެދުގައި ހާފިޒުކަމުގެ ސަނަދު ހާސިލުކުރެއްވި ބޭފުޅުންނެވެ.

ހާފިޒަކަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މެޑަލް ދެއްވަނީ، ފޮޓޯ: ރައީސް އޮފީސް

ކީރިތި ގުރުއާން ހިތުދަސްކޮށްފއިވާ 28 ހާފިޒަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސަނަދާއި މެޑަލް ރައީސް ޑރ.މުހައްމަދު މުއިއްޒު ދެއްވައިފި އެވެ. 

ރާއްޖެ އިސްލާމްދީ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ސަނަދާއި މެޑަލް ދެއްވާފައިވާ ހާފިޒުންގެ ތެރޭގައި ކުޑަކުދިންނާއި ޒުވާނުންގެ އިތުރަށް ހަރު އުމުރުގެ ބޭފުޅުންވެސް ހިމެނިވަޑައިގަންނަވަ އެވެ. 

ސަނަދާއި މެޑަލް ހާސިލުކުރެއްވި ހާފިޒުން

  • 1. އަލްޙާފިޡާ ފާޠިމަތުދީދީ، ޝެވިލް، ސ. ހިތަދޫ
  • 2. އަލްޙާފިޡާ ޖަމީލާ ޢަލީދީދީ، ދޫޑިގަން، މައްސާގުގެ، ޏ. ފުވައްމުލައް
  • 3. އަލްޙާފިޡާ ފާޠިމަތު ޢިޝާ، ނިޒާމް، ށ. މިލަންދޫ
  • 4. އަލްޙާފިޡާ ޙަކީމަތު މުޙައްމަދު، ފުނާޑު. ހީނާގެ، ޏ. ފުވައްމުލައް
  • 5. އަލްޙާފިޡާ އާމިނަތު ލަޠީފާ، ތިބްރޯޒްގެ، ސ. ހިތަދޫ
  • 6. އަލްޙާފިޡް މޫސާ އަޝްހަލް އަޝްރަފް، ހ. އީސްޓްލައިޓް
  • 7. އަލްޙާފިޡާ ފާޠިމަތު އަޙްމަދު، ދަޑިމަގު. ގުލްދަސްތާގެ، ޏ. ފުވައްމުލައް
  • 8. އަލްޙާފިޡް ޢަބްދުﷲ ރަޝީދު، އަލުއިމާގެ، ސ. ހިތަދޫ
  • 9. އަލްޙާފިޡް ޢަބްދުﷲ ބިން ޔާމީން، މޫންލައިޓްހިޔާ، ސ. މަރަދޫ
  • 10. އަލްޙާފިޡާ ސަޢުދިއްޔާ މޫސާ، މީނާޒް، ށ. ބިލެތްފަހި
  • 11. އަލްޙާފިޡާ ސަޚިއްޔާ ޢަބްދުލްޣަނީ، ކުރިބޯށި، ރ. މީދޫ
  • 12. އަލްޙާފިޡާ ޔުމްނާ ޢަބްދުލްޢަޒީޒު، ފެހިގެ، ދ. މީދޫ
  • 13. އަލްޙާފިޡް މުޙައްމަދު ޔޫނުސް ބިން އިބްރާހީމް ޒާހިރު، ޖަވާހިރުމާގެ، ރ. ފައިނު
  • 14. އަލްޙާފިޡް ރާހިން ބިން މުޙައްމަދު، މާތޮޑާއަވަށް. ޖަގަހަ، ގދ. ފަރެސްމާތޮޑާ
  • 15. އަލްޙާފިޡް އިޒްކާން ޢަޖީބް ޙުސައިން، ގ. ފަރެސް
  • 16. އަލްޙާފިޡް މުޙައްމަދު ޙަނޫން ޙުސައިން، ފަރުބަދަ، ސ. ފޭދޫ
  • 17. އަލްޙާފިޡް ޢަލީ ރައީފު، ދޮންމޫނިމާ، އއ. ތޮއްޑޫ
  • 18. އަލްޙާފިޡާ ފާޠިމަތު ނަޞީރާ، ނިކަގަސްދޮށުގެ. ސ. ހިތަދޫ
  • 19. އަލްޙާފިޡް އަޛީން މުޙައްމަދު، ދަޑިމަގު. ބެންހާގެ، ޏ. ފުވައްމުލައް
  • 20. އަލްޙާފިޡް ރަސްލާން ޢަބްދުއްރައްޒާޤް ޢީސާ، ޢަންބަރީގެ، ރ. މީދޫ
  • 21. އަލްޙާފިޡާ ޝަބީނާ ޢަބްދުﷲ، އަސްވާޑު، ގއ. ދެއްވަދޫ
  • 22. އަލްޙާފިޡާ މޫނިސާ ޢަބްދުއްރަޙީމް، ކިނާރާ، ނ. ލަންދޫ
  • 23. އަލްޙާފިޡް އާސިރު ޢާރިފް ޔޫސުފް، އަޅިވިލާގެ، ބ. އޭދަފުށި
  • 24. އަލްޙާފިޡް ޢަލާވީ އައްޔޫބް ބުން މުޙައްމަދު ޝުޖާޢު، މއ. ރަތްއެންދެރި
  • 25. އަލްޙާފިޡް ޢަބްދުﷲ ޙަޔާން ޙަމީޒް، ގުރަހަ، ޅ. ނައިފަރު
  • 26. އަލްޙާފިޡް ރައްޔާން އަޙްމަދު މުޙައްމަދު، ދަޑިމަގު. ދޫރެސް، ޏ. ފުވައްމުލައް
  • 27. އަލްޙާފިޡާ ޢާއިޝަތު ޞާއިބަތު މުޙައްމަދު ރިކްޒާން، ފެމެލީ، ޅ. ނައިފަރު
  • 28. އަލްޙާފިޡް ބިލާލް ބިން އަޙްމަދު، ގ. ހީނާހިޔާ

2014 ވަނަ އަހަރުން ފެށިގެން ހާފިޒުންނަށް ސަނަދު ދެމުން އައިސް ފާއިތުވި ވެރިކަމުގައި މެޑަލް ތައާރަފުކޮށް ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން ހާފިޒުންނަށް މެޑަލް ދެއްވާނީ ވަކި ވަރަކަށްވުރެ މަތިން ހާފިޒްކަމުގެ އިމްތިހާނުގައި މާކްސް ހޯދާ ހާފިޒުންނަށް ކަމުގައި ހަމަަޖެއްސި އެވެ. 

ވެރިކަމާ ހަވާލުވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުވަނީ އެ ނިންމުން ބަދަލުކުރައްވަައި ކީރިތި ގުރުއާން ހިފްޒުކުރާ ހުރިހާ ހާފިޒުންނަަށްވެސް ރައީސް ދެއްވާ ސަނަދާއި މެޑަލް ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން ދެއްވުމަށް ނިންމަވާފަ އެވެ. 

މިއަދު ރައީސް ސަނަދާއި މެޑަލް ދެއްވި ހާފިޒުންނަކީ 2022 ވަނަ އަހަރުގެ އޮކްޓޯބަރުން ފެށިގެން އެކެއް ސެޕްޓެންބަރު 2024 އާ ދެމެދުގައި ހާފިޒުކަމުގެ ސަނަދު ހާސިލުކުރެއްވި ބޭފުޅުންނެވެ. 

މިއަދުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސްވަނީ ސަނަދު ހާސިލުކުރެއްވި ހުރިހާ ހާފިޒުންނަަށް މަރުހަބާ ވިދާޅުވެފަ އެވެ. 

ކޮމެންޓް

1
450
މެޑަލްޖެހުން
1 month ago

މިހާރު ތިޔަ މެޑަލަކާ އެއްޗެހި ދީފި ތިޔަ އެންމެންނަށް ތަންކޮޅެއް ކުރިން ސަރުކާރުން ބޭއްވި މުނާސަބަތެއްގައި. އެހާ ގިނައިން މި ދޭ ސްބަބެއް ނުވިސްނުނު

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.