ދެކުނަށް ވަރަށް މޫސުން ގޯސް، ޔެލޯ އެލާޓް

އެލާޓުގައި ބުނެފައިވާ ގޮތުގައި، އެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑު ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މޫސުން ގޯސް ދުވަހެެއް: -- ދަމިރާ

ރާއްޖޭގެ ދެކުނަށް މޫސުން ގޯސްވުމުގެ ސަބަބުން ޔެލޯ އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން މިއަދު 8:30 ގައި ޔެލޯ އެލާޓް ނެރެފައި ވަނީ ގއ. އިން ފެށިގެން އައްޑޫ ސިޓީއަށެވެ. މި އެލާޓް މެންދުރު 12:30 އަށް ދަމަހައްޓާނެ އެވެ.

އެލާޓުގައި ބުނެފައިވާ ގޮތުގައި، އެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑު ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ވޭތުވެދިޔަ 24 ގަޑިއިރަށް ބަލާއިރު ވެސް ދެކުނަށް ވަނީ ވިއްސާރަކޮށްފަ އެވެ. އެންމެ ގިނައިން ވާރޭވެހިފައި ވަނީ އައްޑޫ ސިޓީއަށެވެ. އެގޮތުން ވޭތުވެދިޔަ 24 ގަޑިއިރު އައްޑޫ ސިޓީގެ ގަމަށް 129.2 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ. 

އޭގެ އިތުރުން ހިތަދޫއަށް 70.8 މިލިލީޓަރުގެ ވާރޭވެހިފައިވާއިރު، ގދ. ފަރެސްމާތޮޑާއަށް 58 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް އެ އޮފީހުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.