އަށް މަހުން ބޭންކުތަކަށް 2.2 ބިލިއަންގެ ފައިދާއެއް، ޓެކުހަށް 740 މިލިއަން ރުފިޔާ

ބޭންކުތަކަށް މި އަހަރު 2.2 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބުނުއިރު ޓެކުހުގެ ގޮތުގައި 740 މިލިއަން ރުފިޔާ އެވެ. ފާއިތުވި އަހަރުގެ އެ މުއްދަތުގައި 800 މިލިއަން ރުފިޔާ ޓެކުހުގެ ގޮތުގައި ދެއްކި އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭ -- ފޮޓޯ: އެޑިޝަން

މި އަހަރުގެ ޖަނަވަރީން ފެށިގެން އޯގަސްޓު މަހުގެ ނިޔަލަށް ރާއްޖޭގައި ހިންގާ ބޭންކުތަކަށް ޖުމްލަ 4.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު އާމްދަނީގެ ޓެކުހުގެ ގޮތުގައި ބޭންކުތަކުން 740.4 މިލިއަން ރުފިޔާ ދައުލަތަށް ދައްކައިފި އެވެ. 

މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ޝާއިއުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ބޭންކުތަކަށް އިންޓަރެސްޓުގެ އަމްދަނީގެ ގޮތުގައި މި އަހަރުގެ ފުރަތަމަ އަށް މަސްދުވަހު 4 ބިލިއަން ރުފިޔާ ލިބުނެވެ. އަދި ބޭންކުތަކުން ނަގާފައިވާ ލޯނުތައް އަދާކުރުމަށް އިންޓަރެސްޓުގެ ހަރަދުގެ ގޮތުގައި 876.4 މިލިއަން ރުފިޔާ ބޭންކުތަކުން ހޭދަކުރި އެވެ. 

އިންޓަރެސްޓުގެ ހަރަދުތައް އުނިކުރުމަށްފަހު އިންޓަރެސްޓު އާމްދަނީގެ ބޭންކުތަކަށް ލިބުނީ 3.1 ބިލިއަން ރުފިޔާ އެވެ. އަދި ފީތަކާއި ކޮމިޝަންތަކާއި އިންވެސްޓުކޮށްފައިވާ ފައިނޭންޝަލް އިންސްޓްރޫމެންޓުތަކުގެ ފައިދާގެ ގޮތުގައި ބޭންކުތަކަށް 1.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. 

އިންޓަރެސްޓު އާމްދަނީއާއި އިންޓަރެސްޓު ނޫން ގޮތްގޮތުން ލިބުނު އާމްދަނީ އެއްކޮށްލުމުން ޖުމްލަކޮށް ބޭންކުތަކަށް ލިބުނު އާމްދަނީއަކީ 4.7 ބިލިއަން ރުފިޔާ އެވެ. 

އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުގައި އިންޓަރެސްޓު ހަރަދު/ ދަރަނި އަދާކުރުމުގެ ހަރަދު ނުހިމަނައި ބޭންކުތަކުގެ ހަރަދުތަކަށް 1.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެއީ މުވައްޒަފުންނަށް ހޭދަކުރި 464.9 މިލިއަން ރުފިޔާއާއި އެހެނިހެން ކަންކަމަށް ހޭދަކުރި 1.1 ބިލިއަން ރުފިޔާ އެވެ. 

އެހެންކަމުން ހަރަދު ކެޑުމަށްފަހު ބޭންކުތަކަށް ޓެކުހުގެ ހަރަދު އުނިނުކޮށް ބޭންކުތަކަށް 3 ބިލިއަން ރުފިޔާ ފައިދާވި އެވެ. އެއިން ޓެކުހުގެ ގޮތުގައި ބޭންކުތަކުން ދައްކާފައިވާ އަދަދަކީ 740 މިލިއަން ރުފިޔާ އެވެ. ފާއިތުވި ފުރަތަމަ އަށް މަސްދުވަހު ބޭންކުތަކުން 800 މިލިއަން ރުފިޔާ ޓެކުހުގެ ގޮތުގައި ދައްކާފައިވެ އެވެ. 

ޓެކުހުގެ ގޮތުގައި ބޭންކުތަކުން ދައުލަތަށް ދެއްކި 740.4 ބިލިއަން ރުފިޔާ ފައިދާއިން އުނިކުރުމަށްފަހު ސާފު ފައިދާގެ ގޮތުގައި ބޭންކުތަކަށް އަށް މަސްދުވަހުގެ ތެރޭގައި ލިބިފައިވަނީ 2.2 ބިލިއަން ރުފިޔާ އެވެ. ފާއިތުވި އަހަރުގެ ފުރަތަމަ އަށް މަހުވެސް ބޭންކުތަކަށް ޓެކުހަށްފަހު ލިބުނީ 2.2 ބިލިއަން ރުފިޔާ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.