ރިސޯޓުތަކުގެ މުވައްޒަފުން | %59 ބިދޭސީން، ދިވެހިންގެ އަދަދު 41 އިންސައްތާގައި

ރިސޯޓުތަކުގައި ގިނައިން ބިދޭސީން މަސައްކަަތްކުރާއިރު ރިސޯޓުތަކުގެ އެންމެ މުހިއްމު އަދި އެންމެ މުސާރަ ބޮޑެތި ދާއިރާތަކުގައިވެސް ދިވެހިންނަށްވުރެ ގިނައިން ހަރަކާތްތެރިވަނީ ބިދޭސީ މުވައްޒަފުންކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ރިސޯޓެއްގައި މުވައްޒަފެއް މަސައްކަތް ކުރަނީ: ރިސޯޓު މުވައްޒަފުންގެ އަދަދު ޔަގީނެއް ނޫން -- މި

ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ދިވެހިންގެ ނިސްބަތަކީ %41 ކަމަށާއި، ބިދޭސީންގެ ނިސްބަތަކީ 59 އިންސައްތަކަމަށް ސާވޭއަކުން ދައްކައިފި އެވެ. 

މި އަހަރުގެ އޭޕްރީލުން ޖުލައިއަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް)އިން ކުރިއަށް ގެންދިޔަ ޓޫރިޒަމް ސްޓެޓިސްޓިކް ސާވޭ 2023ގައި އެއްކޮށްފައިވާ ޑާޓާާއިން ދައްކާ ގޮތުގައި 2022 ވަނަ އަހަރު ރާއްޖޭގެ ރިސޯޓުތަކުގައި 55،878 މުވައްޒަފުން މަސައްކަތްކުރި އެވެ. އޭގެ ތެރެއިން 23،146 މީހުންނަކީ ދިވެހިންނެވެ. އަދި 37،728 މީހުންނަކީ ބިދޭސީންނެވެ. 

ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަޣުލަބިއްޔަތަކީ ފިރިހެނުންނެވެ. ޖުމްލަ މަސައްކަތްތެރިންގެ 89 އިންސައްތައަކީ ފިރިހެނުންނެވެ. އަންހެނުންގެ ނިސްބަތަކީ އެންމެ 11 އިންސައްތަ އެވެ. 

ރިސޯޓުތަކުގައި މަސައްކަތްކުރާ ޖުމްލަ މުވައްޒަފުންގެ ތެރެއިން ދިވެހި އަންހެނުންގެ ނިސްބަތަކީ އެންމެ %2 ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. ބިދޭސީ އަންހެނުންގެ ނިސްބަތކީ %8 އެވެ. އަދި ދިވެހި ފިރިހެނުންގެ ނިސްބަތަކީ %39 އެވެ. ޖުމްލަ މުވައްޒަފުންގެ %50 އަކީ ބިދޭސީ ފިރިހެނުންނެވެ. 

ރިސޯޓުތަކުގެ ވަކިވަކި ދާއިރާތަކަށް ބަލާއިރު އެންމެ ގިނައިން ދިވެހިން ހަރަކާތްތެރިވަނީ ފަސިންޖަރުން އުފުލުމާއި ދަތުރުފަތުރުގެ ހިދުމަތުގަ އެވެ. އެ ދާއިރާގެ %93 އަކީ ދިވެހިންނެވެ. ދެން އެންމެ ގިނައިން ދިވެހިން އުޅެނީ އެކޮމަޑޭޝަންގަ އެވެ. އެއީ ރޫމުތައް ބެލެހެއްޓުން ފަދަ މަސައްކަތްތަކެވެ. އެ ދާއިރާގެ މުވައްޒަފުންގެ 72 އިންސައްތައަކީ ދިވެހިންނެވެ. 

އެންމެ މަދުން ދިވެހިން ހަރަކާތްތެރިވާ ދާއިރާއެއްގެ ގޮތުގައި ފާހަގަކުރެވުނީ ކާބޯތަކެތީގެ ދާއިރާ އެވެ. އެ ދާއިރާގައި ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ 67 އިންސައްތައަކީ ބިދޭސީންނެވެ. އަދި އިދާރީ މަސައްކަތްތަކުގެ ދާއިރާއާއި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާގައިވެސް ރިސޯޓުތަކުގައި ގިނައިން މަސައްކަތްކުރަނީ ބިދޭސީންނެވެ. 

ރިސޯޓުތަކުން ދިވެހިންނަށް އެކަށީގެންވާ މިންވަރަށް ފުރުސަތު ނުލިބުމާއި ކުރިއަށްދިއުމުގެ ފުރުސަތުތައް ފަހިނުވުމާއި މެނޭޖުމެންޓު އަދި މަަތީ ފަންތީގެ މަގާމުތަކަށް ދިވެހިންނަށް ވާސިލުނުވެވޭކަމުގެ ޝަކުވާއަކީ ބޮޑު ޝަކުވާއެކެވެ.

ހުރިހާ ސަރުކާރުތަކުންވެސް އަންނަނީ އެ މައްސަލަ ހައްލުކޮށް ދިވެހިންނަށް ރިސޯޓުތަކުން އިތުރު ފުރުސަތުތައް ހޯދައިދޭން މަސައްކަތްކުރަމުންނެވެ. ނަމަވެސް މިހާތަނަށް އެ މައްސަލައަށް އެކަށޭނެ ދާއިމީ ހައްލެއް ހޯދިފައިނުވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.