ހިޔާ ހުޅުވުމުގައި މިއަދު އިހަވަންދިއްޕޮޅަށް ބަދަރު ކުރި ޓޭންކާގެ ކުރޫ އިން ބައިވެރިވި އެވެ.

އުތުރު މެރިޓައިމް ސާވިސަސް އިން، ބައިނަލް އަގުވާމީ ކަސްޓަމަރުންނަށް ހުދުމަތް ދިނުމަށް ކުރެވިފައިވާ އިންތިޒާމުގެ ތެރެއިން، އިންޓާނޭޝަނަލް ސީމެނުން ނަށް ހިދުމަތް ދިނުމަށް "ސީމެންސް ރެސްޓް" ގެ ނަމުގައި ހާއްސަ ހިޔާއެއް މިއަދު ހުޅުވައިފި އެވެ.
މި ހިޔާ ހުޅުވާފައި ވަނީ އިހަވަން ދިއްޕޮޅުގައި ތައްޔާރު ކުރެވިފައިވާ އިންޓާނޭޝަނަލް ޝިޕް އެންޑް ޕޯޓު ސެކިއުރިޓީ ގޭޓް ފެސިލިޓީ ކައިރީ ގައެވެ.


ހިޔާ ހުޅުވުމުގައި މިއަދު އިހަވަންދިއްޕޮޅަށް ބަދަރު ކުރި ޓޭންކާގެ ކުރޫ އިން ބައިވެރިވި އެވެ. މި ހިޔާ އިން ސީމެނުންނަށް ލިބެން ހުރި ހިދުމަތްތަކުގެ ތެރޭގައި ބައެއް ކުޅިވަރު ކުޅުމާއި ރީޑިން ކޯނާ އަކާއި ކޮފީ އަދި ސައި ފަދަ ތަކެތި ލިބުން ފަދަ ހިދުމަތްތައް ހިމެނެއެވެ.


މިޓޭންކާ ގެ ކައްޕި -- ޗައިނާގެ ރައްޔިތެއް ބުނި ގޮތުގައި އޭނާގެ ސީމެންސް ގެ ލައިފުގެ ވޭތުވެ ދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި މިއަދު އުތުރު މެރިޓައިމް ސާވިސަސް އިން ލިބުނު ފަދަ ފުރިހަމަ ހިދުމަތެއް ދުނިޔޭގެ އެއްވެސް ޕޯޓަކުން މިހާތަނަށް ލިބިފަކާ ނެތެވެ.


އެހެން ކަމުން އެމީހުން ތިބީ ދިވެހި ރާއްޖެ އިން މިލިބުނު ހިދުމަތްތަކާ މެދު ވަރަށް ބޮޑަށް ހިތް ހަމަ ޖެހިފައި ކަމަށް ބުންޏެވެ.
އަދި އޭނާއާ އޭނަގެ ކުރޫ އިންގެ ނަމުގައި އުތުރު މެރިޓައިމް ސާވިސަސް އަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރި އެވެ.


އިހަވަންދިއްޕޮޅުގައި "ސީމެންސް ރެސްޓް" ހުޅުވައި ދެއްވީ އެމްޕީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ވަޖީހު އެވެ.