ގޭބަންދު ކުރަން ކުރި ހުކުމް ތަންފީޒު ނުކުރުމުން ޖަލަށް ލާން ހުކުމް ކޮށްފި

ކުރިމިނަލް ކޯޓުން މިއަދު ކޮށްފައިވާ ހުކުމެއްގައި ބުނެފައިވަނީ އިބްރާހިމް ޝަރީފްގެ މައްޗަށް ދެ މަހާއި 24 ދުވަހުގެ ގޭބަންދު ހުކުމެއް ކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އޭނާ އަދަބު ތަންފީޒުކޮށްފައި ނުވާ ކަމަށެވެ.

މާފުށީ ޖަލުން ގައިދީއަކު ނެރެގެން ގެންދަނީ — ދަ މިރާ

ގޭބަންދުގައި ބެހެއްޓުމަށް ހުކުމް ކުރި މީހަކު، އަދަބު ތަންފީޒުކޮށްފައިނުވާތީ އޭނާ އެއް މަހަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ކުރިމިނަލް ކޯޓުން މި ހުކުމް ކޮށްފައވަނީ ކ. މަލެ، މ. ވައިޓްފިޝް، އިބްރާހިމް ޝަރީފްގެ މައްޗަށެވެ.

ކުރިމިނަލް ކޯޓުން މިއަދު ކޮށްފައިވާ ހުކުމެއްގައި ބުނެފައިވަނީ އިބްރާހިމް ޝަރީފްގެ މައްޗަށް ދެ މަހާއި 24 ދުވަހުގެ ގޭބަންދު ހުކުމެއް ކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އޭނާ އަދަބު ތަންފީޒުކޮށްފައި ނުވާ ކަމަށެވެ.

އެގޮތުން އޭނާ އަދަބު ތަންފީޒު ކުރުމަށް ދިރިއުޅޭނެ އެޑްރެހާއި، ގުޅޭނެ ފޯނު ނަންބަރާއި ހަވާލުވާނެ ފަރާތެއްގެ ނަން ދިނުމަށް ކަރެކްޝަންސް އިން ވަކި މުއްދަތެއް ނުދޭ ކަމަށް ޝަރީފްގެ ފަރާތުން ވަނީ ހާމަކޮށްފައެވެ. އަދި އޭނާގެ ފަރާތުން ސިޓީއެއް ކަރެކްޝަން އަށް ފޮނުވި ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ހުކުމުގައިވާގޮތުން 2023 ނޮވެމްބަރު 30 ވަނަ ދުވަހުން ފެށިގެން 10 ދުވަހަށް ތ. ކިނބިދޫ އަށް ދާން ހުއްދަ ދިނުމަށް އެދިފައިވުމުން އެ ހުއްދަ އޭނާ އަށް ދީފައިވެއެވެ. އެހެން ނަމަވެސް މި 10 ދުވަސް ފާއިތުވެ ދިޔަ ފަހުން ޝަރީފްގެ އެއްވެސް ހަބަރެއް ކަރެކްޝަނަށް ނުވާ ކަމަށްވެސް ހުކުމުގައިވެ އެވެ.

ކިނބިދޫއަށް ނުދެވުމުން އެކަން ކަރެކްޝަނަށް ނާންގާ ކަމަށް ޝަރީފް ވަނީ ކޯޓުގައި އެއްބަސްވެފައެވެ. އަދި ޝަރީފް ތ. ކިނބިދުއަށް ދިޔުމަށް ހުއްދަދިން ފަހުން އޭނާގެ ފޯނަށް ނުގުޅޭ ކަމަށާއި ކަރެކްޝަނަށް ދޭންޖެހޭ އެއްބާރުުލުންވެސް އޭނާ ދީފައިނުވާ ކަމަށް ހުކުމުގައިވެއެވެ.

އެހެންކަމުން މި އަދަބު މުރާޖައާ ކުރުމަށްފަހު ކުރިމިނަލް ކޯޓުން ނިންމީ ޝަރީފް އެއް މަހާއި ހަ ދުވަހުގެ ޖަލު އަދަބެއް ތަންފީޒު ކުރުމަށެވެ. އަދި އެގޮތަށް ކަނޑައަޅައި ގަޒއްޔާ ނިންމާލީއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.