ޓޫރިޒަމް ވިޔަފާރިތައް ބޭރު ފައިސާއާބެހޭ ގަވާއިދުގެ ދަށުން ރަޖިސްޓްރީވާން ހުޅުވާލައިފި

އެމްއެމްއޭއިން ވަމިމަހުގެ ނިޔަލަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެފްއެކްސް ޕޯޓަލް ރެޖިސްޓްރާވާން ފުރުސަތު ދީފަ އެވެ.

ޓޫރިސްޓުންތަކެއް ރަށެއްގައި : ރާއްޖޭގައި ފޮރިން އެކްސްޗޭންޖު ވިޔަފާރި ކުރާ ގިނަ ފަރާތްތަކުގެ ތެރޭގައި ޓޫރިޒަމް ދާއިރާގެ ގިނަ ބަޔަކު ހިމެނޭ -- މިރާ

ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ބޭރު ފައިސާއާބެހޭ ގަވާއިދުގެ ދަށުން ރަޖިސްޓްރީ ކުރަން މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ހުޅުވާލައިފި އެވެ.

ރާއްޖެ އަށް ވަންނަ ޑޮލަރު ބޭންކިން ނިޒާމަށް މާރުވާނެ ގޮތެއް ހެދުމަށްޓަކައި އެމްއެމްއޭއިން އެކުވަލާލި ބޭރުފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ފޮރިން އެކްސްޗޭންޖް ރޭޓްގެ ނިޒާމު ތަންފީޒުކުރުމަށްޓަކައި ރާއްޖޭގައި ބޭރު ފައިސާ އިން ކުރެވޭ މުއާމަލާތްތައް ކަނޑައެޅުމާއި ފޮރިން އެކްސްޗޭންޖް ރޭޓާ ބެހޭ އެހެނިހެން ސިޔާސަތުތައް ކަނޑައެޅުމެގެ ގަވާއިދުގެ ދަށުން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ވަނީ ފަށާފަ އެވެ.

މި ގަވާއިދުގެ ފަސް ވަނަ ވަނަ މާއްދާގެ ދަށުނ،ް ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ގޮތުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ރަޖިސްޓްރީކޮށްފައިވާ ހުރިހާ ފަރާތް މިމަހުގެ ނިޔަލަށް އެމްއެމްއޭގެ ރިޕޯޓިން ރިކުއަމެންޓެއްގެ ގޮތުގައި އެކުލަވާލާފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެފްއެކްސް ޕޯޓަލް ރެޖިސްޓްރޭޝަން ފޯމް މެދުވެރިކޮށް މި އޮތޯރިޓީގައި ރަޖިސްޓަ ކުރަމުން ގެންދަން ހުޅުވާލާފަ އެވެ.

މި ގަވާއިދަށް އަމަލު ކުރަން ފަށާ ދުވަހުގެ ފަހުން މީރާގައި ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރު ކޮށްދޭ
ފަރާތްތަކުގެ ގޮތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކުނ،ް މީރާގައި ރަޖިސްޓްރީ ކުރާތާ 30 ދުވަހުގެ ތެރޭގައި މަތީގައި ދެންނެވެނު ފޯމް މެދުވެރިކޮށް މި އޮތޯރިޓީގައި ރަޖިސްޓަރ ކުރެވޭނެ އެވެ.

އެމްއެމްއޭ އިން ބުނީ މި އުސޫލު އެކުލަވާލަން ނިންމީ މިފަދަ ކަންކަމަކީ ދިވެހިރާއްޖޭގެ ފޮރިން އެކްސްޗޭންޖް މާކެޓް އިތުރަށް ފުޅާ ކުރުމަށާއި ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ފުރިހަމައަށް ތަންފީޒު ކުރުމަށް މުހިންމު ކަމަކަށް ވާއިރު ހުރިހާ ފަރާތްތަކުން ވެސް މިކަމަށް އެއްބާރުލުން ދިނުމަށް އެދޭ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.