އިންޝުއަރެންސް ވިޔަފާރި | ދެ ކުއާޓާއިން އެއް ބިލިއަންގެ ޕްރިމިއަމް ދޫކުރި

އެމްއެމްއޭއިން މަހަަކު އެއްފަހަރު އާންމުކުރާ ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ދެ ކުއާޓާގައި އިންޝުއަރެންސް ކުންފުނިތަކުންވަނީ 1.3 ބިލިއަން ރުފިޔާގެ ޕްރިމިއަމް ވިއްކާފަ އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޝުއަރެންސް ހިދުމަތް ދޭ ކުންފުނި: އިންޝުއަރެންސް ބިލު ވަނީ މަޖިލީހަށް ހުށަހަޅާފައި --

މި އަހަރުގެ ފުރަތަމަ ދެ ކުއާޓާގައި އިންޝުއަރެންސް ވިޔަފާރިތަކުން ދެ ބިލިއަންގެ ޕްރިމިއަމް ވިއްކާފައިވާކަން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ހިސާބުތަކުން ދައްކައިފި އެވެ. 

އެމްއެމްއޭއިން މަހަަކު އެއްފަހަރު އާންމުކުރާ ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ދެ ކުއާޓާގައި އިންޝުއަރެންސް ކުންފުނިތަކުންވަނީ 1.3 ބިލިއަން ރުފިޔާގެ ޕްރިމިއަމް ވިއްކާފަ އެވެ. 

ދެ ކުއާޓާގައި ވިއްކި ޕްރިމިއަމް

  •  ފުރަތަމަ ކުއާޓާ: 600 މިލިއަން ރުފިޔާ
  •  ދެވަނަ ކުއާޓާ: 478.2 މިލިއަން ރުފިޔާ

2023 ވަނަ އަހަރުގެ ނިޔަލަށް އިންޝުއަރެންސް ކުންފުނިތަކުން ވިއްކާފައިވަނީ ޖުމްލަ 1.6 ބިލިއަން ރުފިޔާގެ ޕްރިމިއަމް އެވެ. އަދި އެ އަހަރުގެ ފުރަތަމަ ދެ ކުއާޓާގައި އިންޝުއަރެންސް ކުންފުނިތަކުން ވިއްކާފައިވަނީ 886.4 މިލިއަން ރުފިޔާ އެވެ. އެހެންކަމުން ނިމުނު އަހަރުގެ ފުރަތަމަ ދެ ކުއާޓާއާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ދެ ކުއާޓާގައި ޕްރިމިއަމްތައް ވިއްކައިގެން އިންޝުއަރޭންސް ކުންފުނިތަކަށް ލިބުނު ފައިސާގެ އަދަދު %55.4 އިތުރުވި އެވެ. 

މި އަހަރުގެ ފުރަތަމަ ދެ ކުއާޓާގައި އެންމެ ގިނަ އަދަދެއްގެ ފައިސާ އިންޝުއަރެންސް ކުންފުނިތަކަށް ލިބުނީ ހެލްތު އިންޝުއަރެންސް ޕްރިމިއަމްތަކުންނެވެ. ހެލްތު އިންޝުއަރެންސް ޕްރިމިއަމްތަަކުން ދެ ކުއާޓާގައި ޖުމްލަ 376.5 މިލިއަން ރުފިޔާ އިންޝުއަރެންސް ކުންފުނިތަކަށް ލިބުނެވެ. 

އިންޝުއަރެންސް ކްލެއިމްސްވެސް މައްޗަށް

އިންޝުއަރެންސް ކުންފުނިތަކުން ދޫކުރަންޖެހުނު ފައިސާގެ އަދަދުވެސް ފާއިތުވި އަހަރުގެ ފުރަތަމަ ދެ ކުއާޓާއާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ދެ ކުއާޓާގައި އިތުރުވެފައިވާކަން އެމްއެމްއޭގެ ހިސާބުތަކުން ދައްކަ އެވެ. 

އެގޮތުން އަހަރުގެ ފުރަތަމަ ކުއާޓާގައ 116.1 މިލިއަން ރުފިޔާގެ ކްލެއިމް ހަދާފައިވާއިރު ދެވަނަ ކުއާޓާގައި އެ އަދަދުވަނީ 208.4 މިލިއަން ރުފިޔާއަށް އަރާފަ އެވެ. އެހެންކަމުން މި އަހަރުގެ ފުރަތަމަ ދެ ކުއާޓާގައި އިންޝުއަރެންސް ކްލެއިމްސްވަނީ 324.5 މިލިއަން ރުފިޔާއަށް އަރާފަ އެވެ. 

ނިމުނު އަހަރުގެ ފުރަތަމަ ދެ ކުއާޓާގައި ހަދާފައިވާ ކްލެއިމްސްގެ ޖުމްލަ އަދަދަކީ 256.4 މިލިއަން ރުފިޔާ ކަމަށް އެމްއެމްއޭގެ ހިސާބުތަކުން ދައްކަ އެވެ. އެހެންކަމުން މި އަހަރުގެ ފުރަތަމަ ދެ ކުއާޓާގައި ހަދާފައިވާ ކްލެއިމްސްގެ އަގު 26.6 އިންސައްތަ އިތުރުވެފައިވެ އެވެ. 

އެމްއެމްއޭގެ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް ރާއްޖޭގެ އިންޝުއަރެންސް ވިޔަފާރި ފާއިތުވި އަހަރަށްވުރެ ބޮޑަށް ކުރިއަރާފައިވެ އެވެ. ފާއިތުވި އަހަރުތަކުގައިން އިންޝުއަރެންސް ޕްރިމިއަމްގެ ގޮތުގައި ކުންފުނިތަކަށް ލިބުނު ފައިސާ އަހަަރުން އަހަރަށް އިތުރުވެފައިވެ އެވެ. 

2019 ވަނަ އަހަރު އިންޝުއަރެންސް ކުންފުނިތަކުން ދޫކުރި ޕްރިމިއަމްތަކުގެ ޖުމްލަ އަގަކީ 945.9 މިލިއަން ރުފިޔާ އެވެ. އެ އަދަދު 2023 ގައި 1.6 ބިލިއަން ރުފިޔާއަށް އިތުރުވި އެވެ. އެއީ ފަސް އަހަރު ތެރޭގައި 74 އިންސައްތަ އިތުރުވެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.